ބޮލީވުޑް ސުޕަ ސްޓާ އަކްޝޭ ކުމާރުގެ ސުޕަ ހިޓް ސީކުއެލް ޕިރް ހޭޕާ ޕޭރީ އިން އޭނާ ބޭރުކޮށް، އެފިލްމްގައި އޭނާ ކުޅޭ ކެރެކްޓާ ކުޅުމަށް ކާތިކް އާރިޔާން އާއި ވަހަކަ ދައްކަމުން އަންނަ ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނެފިއެވެ.
މި އަހަރު ރިލީޒްކުރި ހިންދީ ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމް ކަމުގައިވާ "ބޫލް ބުލައްޔާ 2″ އަކީ ވެސް އަކްޝޭ މީގެ ކުރިން ކުޅުނު ކާމިޔާބު ފިލްމް "ބޫލް ބުލައްޔާ"ގެ ސީކުއަލް އެކެވެ.
ނަމެސް ދެފިލްމް އިންވެސް އަކްޝޭއަށް ފުރުސަތު މިހާރު މިވަނީ ގެއްލިފައިއެވެ. މި ފިލްމްގެ ޕްރޮޑަކްޝަން ޓީމުން އަކްޝޭގެ ބަލުގައި ކާތިކް ނަގަން ނިންމާފައިވަނީ އަކްޝޭގެ އަގު ބޮޑުވެގެން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ ޕްރޮޑިއުސަރު ފީރޯޒް ނަދިއަދުވާލާ މިހާރު ކާތިކާ އެކީ މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
ބައެއް މީޑިއާތަކުން ބުނި ގޮތުގައި ތިން ވަނަ ބައިން އަކްޝޭ އަށް ފުރުސަތު ނުދޭން ނިންމީ އޭނަ ފީއަކަށް 90 ކްރޯޑް ރުޕީސް ޑިމާންޑްކުރުމާ ގުޅިގެންނެވެ. އަދި ކާތިކް 30 ކްރޯޑަށް ފިލްމަށް އެއްބަސްވާން ތައްޔާރަށް ހުރި ކަމަށް ބުނެފައިވާތީ އާއި އޭނަ އަކީ މިހާރު ބޮލީވުޑްގެ ވަރަށް ހިނގާ ތަރިއަކަށްވާތީ ކަަމަށެވެ. އަދި އަކްޝޭ ގެ ބަދަލުގައި ކާތިކް ފިލްްމް އަށް ނެގުމުން މާ ބޮޑަށް ވެސް ކާމިޔާބުވާނެ ކަމަށް ޕްރޮޑިއުސަރަށް ގަބޫލުރެވުނީ ކަމަށްވެސް ހަބަރުތަށް ވަނީ ބުނެފައިއެވެ.
އަކްޝޭގެ ދެފިލްމް އިންވެސް ކާތިކް އަށް ފުރުސަތު ލިބިގެން ދިއުމުން މިހާރު އެދެމެދުގައި ވަނީ ފިނި ހަނގުރާމައެއް ފެށިފައިކަމަށް މިދެމީޙުންގެ ސަޕޯޓަރުން އަންނަނީ ބުނަމުންނެވެ.
މިއީ އަކްޝޭ އާއި ސުނިލް ޝެޓީގެ އިތުރުން ޕަރޭޝް ރާވަލާ އެކު ގެނެސްދެމުން އައި އެއްޗެކެވެ. "ހީރާ ޕޭރީ" ގެ ފުރަތަމަ ބައި 2000 ވަނަ އަހަރު ގެނެސްދިނުމަށް ފަހު. "ޕިރް ހީރާ ޕޭރީ" ގެނެސްދިނީ 2006 ގަ އެވެ. ފުރަތަމަ ބައި ޑައިރެކްޓްކުރީ ޕްރިޔަދަރުޝަނެވެ. ދެވަނަ ބައި ހެދީ 2017 ގައި މަރުވި ނީރަޖް ވޯރާ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި 31 އަހަރުގެ އެކްޓަރާ އެކީ ވަރަށް އަވަހަށް "ހީރާ ޕޭރީ 3″ އިއުލާން ވެސް ކުރާނެއެވެ. ކާތިކް އަކީ މިހާރު ބޮލީވުޑްގައި ހުރި އެންމެ ޑިމާންޑް ބޮޑު އެއް ޒުވާން އެކްޓަރެވެ.