އިއްޔެގެ ހެދުނުގެ ވަގުތެއްގައި ރެހެންދި ސްކޫލުގައި ހިނގި އަލިފާނުގެ ހަދިސާއަކާއި ގުޅިގެން އެސްކޫލު ކިޔެވުން ވަގުތީގޮތުން އޮންލައިންކޮށް ކުރިޔަށް ގެންދާ ގޮތަށް ހަމަޖައްސައިފިއެވެ.
މިގޮތުން ސްކޫލުގެ ކްލާސްތައް މެދުކަޑާލާފައިވަނީ އަންނަ އާދީއްތަ ދުވަހާ ހަމައަށެވެ.
ރެހެންދި ސްކޫލުގެ 4 ވަނަ ފަންގިފިލާއާއި އަދި 5 ވަނަ ފަންގި ފިލާގެ ޕެނަލް ބޯޑުގައި ރޯވުމާއި ގުޅިގެން އިއްޔެ އެ ސްކޫލުގައި ކްލާސްތައް ބާއްވާފައެއް ނުވެއެވެ.
އެމްއެންޑީއެފުން ހާމަ ކޮށްފައިވާ ގޮތުގައި އެސްކޫލުގެ ގްރައިންޑު ފްލޯއާއި އެންމެ މަތީ ފްލޯގައި ހުރި ކަރަންޓު ބޯޑެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގިނަމަވެސް މާބޮޑަށް އަލިފާން ރޯނުވަނީސް ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ގޮސް ވަނީ އަލިފާން ނިއްވާލާފައެވެ. މިޙާދިސާ ހިނގީ މިއަދު ހެނދުނު 7:19 ހާއިރުއެވެ.
ރެހެންދި ސުކޫލް ރޭ ހާމަ ކޮށްފައިވާ ގޮތުގައި އެ ސްކޫލުގެ ކަރަންޓު ވިއުގައަށް ލިބުނު ގެއްކުން ސްޓެލްކޯގެ އެހީތެރިކަމާއެކު ދަނީ ހައްލު ކުރަމުންނެވެ.
ލިބުނު ގެއްލުން މުޅިން ހައްލުކޮށް، ކުރިއެކޭ އެއްގޮތަށް ދަންފަޅިތަކުގެ ކިޔެވުން ފެށޭނެ ކަމަށް ލަފާކުރެވެނީ 20 ނޮވެމްބަރު 2022 ވާ އާދިއްތަ ދުވަހުން ފެށިގެންނެވެ.
ރެހެންދި ސްކޫލުން ނެރުނު ބަޔާނުގައި ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
ރެހެންދި ސްކޫލުން އޮންލައިކޮށް ކްލާސްތައް ކުރިޔަށް ގެންދިއުމަށް ހަމަޖައްސާފައިވާ ވަގުތުތަކަކީ:
– ގްރޭޑް 1 (ހެނދުނު 9 އިން 11 އާ ދެމެދު)
– ގްރޭޑް 2،3،4،5،6 (މެންދުރު 1 އާއި ހަވީރު 5 އާ ދެމެދު)
– ގްރޭޑް 7،8،9،10 (ހަވީރު 4 އާއި 6 އާ ދެމެދު އަދި ރޭގަނޑު 8 އާއި 9 އާ ދެމެދު)
– ޔޫކޭޖީ (ހަވީރު 4 އިން 6 އާ ދެމެދު)
ރެހެންދި ސްކޫލުން ހާމަ ކޮށްފައިވާ ގޮތުގައި އޮންލައިން ކްލާސްތައް ފެށުމާއެކު ފިލާވަޅުތަކާއި ގުޅޭ އިތުރު މައުލޫމާތުތައް ހާމަކުރަމުން ދާނީ އެ ސްކޫލުގެ ވައިބަރ ގުރޫޕުގައެވެ.
މި ގޮތުން ގޫގުލްމީޓް މެދުވެރިކޮށް ކިލާސްތައް ނެގުމާއި ވައިބަ މެދުވެރިކޮށް ދަރިވަރުންނާ މަސައްކަތް ހަވާލު ކުރުމާއި މަސައްކަތު ކަރުދާހުގެ ގޮތުގައި ހަވާލު ކުރެވޭ މަސައްކަތާއި އަދި މައިދާނީ ދަތުރުތައް ވެސް ރޭވިގެން ދާނެ އެވެ.
ސްކޫލުން ނެރުނު ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
ފަހަކަށް އައިސް މާލެ ސަރަޙައްދުގައި އަލިފާނުގެ ޙާދިސާތައް ހިނގުންވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ ބުދަ ދުވަހުގެރޭ މ. ނިރުފެހި ގޭގައި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި 10 މީހުން ވަނީ މަރުވަފައެވެ. މިނޫނަސް ގޭގޭގެ ގޭސްފުޅިތައް ގޮވުމާއި ކަރަންޓް ޝޯޓުވުންފަދަ ޙާދިސާތަކުގައި ހިނގާ އަލިފާންރޯވުން ފަހަކަށްއައިސް ވަނީ އިތުރުވެފައެވެ.