ވާނުވާ ޖަހާފައި 3 އަހަރު ބެހެއްޓުމަށްފަހު، މީހަކު ޑްރަގް މައްސަލައެއްގައި އުމުރަށް ޖަލަށްލާން ހުކުމް ކޮށްފި

ވާނުވާ ޖަހާފައި 3 އަހަރު ބެހެއްޓުމަށްފަހު، މީހަކު ޑްރަގް މައްސަލައެއްގައި އުމުރަށް ޖަލަށްލާން ހުކުމް ކޮށްފި

ޑްރަގްގެ މައްސަލައެއްގައި 2019ވަނަ އަހަރު ހައްޔަރު ކުރި، ޅ. ހިންނަވަރު މީހަކު އުމުރަށް ޖަލަށް ލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ފުލުހުން ޅ. ހިންނަވަރު، ދުވާފަރު މުހައްމަދު ރިޝްވާން ހައްޔަރު ކޮށްފައިވަނީ މާލެ ތެރޭގައި އެނާ މަސްތުވާތަކެތި ގެންގުޅެމުން ދަނިކޮށެވެ. އަދި އޭނާ ހައްޔަރުކޮށް ތަހުގީގު ފުރިހަމަ ކުރުމަށްފަހު އޭނާގެ މައްސަލަ ކުރިމިނަލް ކޯޓަށް ހުށަހާޅާފައިވަނީ 2019ވަނަ އަހަރުގެ ޖުލައި މަހުއެވެ. އެއަށްފަހު އޭގެ ފަަހުން 3 އަހަރުފަހުން އޭނާ އުމުރަށް ޖަލަށްލާން ކުރި ހުކުމާއެކު 100،000 ރުފިޔާއިން އޭނާ ޖޫރިމާނާވެސް ކޮށްފައި ވެއެވެ.

އޭނާގެ މައްޗަށް ސާބިތު ވެފައިވަނީ ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާއެވެ. އޭނާގެ މައްސަލާގައި ހުކުން ކޮށްފައިވަނީ ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީޢުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *