"ދަ ކަޝްމީރު ފައިލްސް" ގެ ކާމިޔާބާއި އެކުގައި ވިވެކް ގެ "ދަ ވެކްސިން ވޯ"

"ދަ ކަޝްމީރު ފައިލްސް" ގެ ކާމިޔާބާއި އެކުގައި ވިވެކް ގެ "ދަ ވެކްސިން ވޯ"

މި އަަހަރު ނެރެނު އެންމެ ކާމިޔާބު ފިލްމް ތަކުގެ ތެރޭގައި ހިމެނޭ އެއް ފިލްމް ކަމުގައިވާ "ދަ ކަޝްމީރް ފައިލްސް" އަށްފަހު ޑައިރެކްޓަރު ވިވެކް އަގްނިއޯތްރީގެ އައު ފިލްމެއް އަނެއްކާވެސް އިއުލާނުކޮށްފިއެވެ.

"ދަ ވެކްސިން ވޯ" ގެ ނަމުގައި ފިލްމެއް ހަދަން އިއުލާން ކޮށް އޭނާގެ އިންސްތަގްރާމްގައި އޭގެ ފަސްޓްލުކް ޕޯސްޓަރު ވެސް މިހާރު ވަނީ ދައްކައިލައިފައިއެވެ. ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ އިންޑިއާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރާ އޮގަސްޓް 15 އާ ދިމާކޮށް އަންނަ އަހަރުގައިއެވެ. އެހެން ކަމުން އެ ފިލްމް އާއި ރަންބީރް ކަޕޫރްގެ "އެނިމަލް" މުޑިއަރާނެއެވެ. އެ ފިލްމް  ވެސް ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ތާރީހަކީ އެއެވެ.

ނަމަވެސް ފިލްމާ ބެހޭ މާ ބޮޑު އިތުރު ތަފުސީލެއް އަދިއެއް ނެތެވެ. ޕޯސްޓަރުގައިވާ ގޮތުން "ދަ ވެކްސިން ވޯ" 11 ބަހަކުން ސިނަމާތަކަށް ގެންނާނެއެވެ. ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ "ދަ ވެކްސިން ވޯ" ގެ ޓެގް ލައިނަކީ "އަ ވޯ ޔޫ ޑިޑިންޓް ނޯ ޔޫ ފޯޓް. އެންޑް ވޮން" އެވެ.

"ދަ ކަޝްމީރް ފައިލްސް" ގެ ކާމިޔާބީއާއި އެކުގައި އޭނާގެ ފިލްމް އަށް ބެލުންތެރިން ކުރާ އުންމީދުތަށް މިހާރު ބޮޑެވެ. މި ފިލްމާއެކު ވިވެކް ވަނީ އިންޑިއާގެ އެންމެ ނަން މަޝްހުރު ޑައިރެޓަރުންގެ ލިސްޓުން ގާޖަ ހޯދާފައެވެ. "ދަ ކަޝްމީރް ފައިލްސް"  އަކީ ކުޑަ ބަޖެތަކުން ހެދި ވަރަށް ކާމިޔާބު ފިލްމްއެކެވެ. އަނެއް ކޮޅުން ފިލްމް އިން ބޮލީވުޑްގެ އޭ ލިސްޓްގެ ތަރިއެއް ފެނިގެންނުދެއެވެ.

އެންމެ 15 ކަރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެން ދަނީ މިތުން ޗަކްރަބަތީ، އަނޫޕަމް ކޭރް، ދަރްޝަން ކުމާރު، ޕައްލަވީ ޖޯޝީ، ޗަމްނީ މަންޑްލޭކަރް، ޕްރަކާސް ބަލްވާކީ އަދި ޕުނީރު އިސާރެވެ.

 

 

 

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *