އިމިގްރޭޝަންގެ ބައެއް ޚިދުމަތްތައް މެދުކެނޑިއްޖެ

އިމިގްރޭޝަންގެ ބައެއް ޚިދުމަތްތައް މެދުކެނޑިއްޖެ

Author
ޢަލީ އާދަމް
13 ނޮވެމްބަރ 2022 02:12
0

ޓެކްނިކަލް މައްސަލައަކާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް ޚިދުމަތްތައް މެދުކެނޑިއްޖެއެވެ،

މިކަން ހާމަކޮށް އިމިގްރޭޝަނުން މިއަދު ވަނީ ޓުވީޓުކޮށްފައެވެ. އިމިގްރޭޝަނުން ބުނީ ބައެއް ޚިދުމަތްތައް މެދުކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންކަމަށެވެ. އެހެންކަމުން ރާއްޖެއިން ބޭރުން އަންނަ ފަސެންޖަރުންނަށް އިމިގްރޭޝަނުން ކްލިއަރކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުގައި އިތުރު ވަގުތުތަކެއް ހޭދަކުރަން ޖެހިދާނެކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މޯލްޑިވްސް އިމިގްރޭޝަނަކީ ޓެކްނިކަލް މައްސަލަތައް ދިމާވުން މަދު މުއައްސަސާއެކެވެ. ރާއްޖެއަށް ކޮންމެ ދުވަހަކުވެެސް އެތައްހާސް ފަސެންޖަރުން އަންނައިރު އިމިގްރޭޝަންގެ ޚިދުމަތުގެ ރަނގަޅުކަން އެމީހުން ފާހަގަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.