ޖުމްހޫރިއްޔާ ވަރުގަދަ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ގިނަ: އެމްއާރުއެމް

ޖުމްހޫރިއްޔާ ވަރުގަދަ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ގިނަ: އެމްއާރުއެމް

ޖުމްހޫރިއްޔާ ވަރުގަދަ ކުރުމަށް އަދިވެސް ކުރަން ޖެހިފައިވާ މަސައްކަތްތައް މުހިންމު ވެފައި ގިނަގުނަ ކަމުގައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެެމްއިން ބުނެފިއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އަށާއި، ލޮބުވެތި ދިވެހި ރައްޔިތުންނަށް ތަޙުނިޔާ ފޮނުއްވައި އެމްއާރުއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއަދު ފާހަގަ ކުރަމުން މިދަނީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާއަށް 54 އަހަރު ފުރޭ ތާރީޚީ މުނާސަބާކަމަށެވެ. ރާއްޖޭގެ ޖުމްހޫރީ ޙަޔާތުގައި މި ވޭތުވެގެން ދިޔަ ދިގު މުއްދަތުގެ ތެރޭގައި، ތަފާތު އިމްތިހާންތަކާ ރާއްޖެ ކުރިމަތިލާން ޖެހިފައި ވާކަމަށާއި، އޭގެ ތެރޭގައި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ކުރު މުއްދަތެއްގެ ތެރޭގައި ނިމިގެން ދިޔަ ދިޔުމާއި، ދެވަނަ ޖުމްހޫރިއްޔާ އެއް ޤާއިމު ކުރަން ޖެހުނު ސަބަބުތައް ކަމަށެވެ.

އަދި އެ ނިޒާމް ނިމެން މެދުވެރިވި ސަބަބު ތަކާއި، ރިޔާސީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވުނު މަސައްކަތްތަކާއި، ޒަމާނީ މަލްޓި ޕާޓީ ޑިމޮކްރަސީ އެއް ހޯދުމަށް ރައްޔިތުން ކުރި މަސައްކަތާއި، އޭގެ ފަހުން ހިނގާ މިދިޔަ 13 ވަރަކަށް އަހަރުގެ ތެރޭގައި ކަން ހިނގަމުން މިދާ ގޮތް ހިމެނޭކަމަށެވެ. މިކަންކަމުން ހާމަ ވެގެން ދާ އެއް ކަމަކީ ރާއްޖޭގެ ޖުމްހޫރިއްޔާ ވަރުގަދަ ކުރުމަށް އަދިވެސް ކުރަން ޖެހިފައިވާ މަސައްކަތްތައް މުހިންމު ވެފައި ގިނަގުނަ ކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.

ޖުމްހޫރީ ދުވަހުގެ މި މުނާސަބު ދަނޑިވަޅުގައި އަޅުގަޑުމެން ހަނދާން ބަހައްޓަން ޖެހޭ ކަންކަމުގެ ތެރޭގައި، ޤައުމީ ޙަޔާތުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ބާރުވެރި ކުރުވުމާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރާ އަދި އިތުބާރު ކުރާ ދެފުށް ފެންނަ އަދި ޒިންމާދާރު މުއައްސަސާތަކެއް ޤާއިމު ކުރުމާއި، ޙައްޤުތައް ކަށަވަރު ކޮށްދިނުމާއި، ދައުލަތުގެ މުއައްސަސާތައް ވަރުގަދަ ކުރުން ހިމެނޭ.

– އެމްއާރުއެމްގެ ބަޔާނުގައި ބުނެފައިވޭ

މިއަދު ރާއްޖޭގައި ފާހަގަކުރާ 54 ވަނަ ޖުމްހޫރީ ދުވަހަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ދެމިއޮތުމެވެ. ދެވަނަ ޖުމްހޫރިއްޔާ އުފެދުނީ ނޮވެމްބަރު 11، 1968 އެވެ. ފުރަތަ މަޖުމްހޫރިއްޔާއާ ޚިލާފަށް ދެވަނަ ޖުމްހޫރިއްޔާއުފެދުނީ ރާއްޖެއަށް މިނިވަންކަން ލިބިފައި އޮތުމާއެކު ޖުމްހޫރީވެރިކަން ދެމެހެއްޓުމުގެ ގިނަސިފަތަކެއް ފުރިހަމަ ކުރެވިގެންނެވެ. ދެވަނަ ޖުމްހޫރިއްޔާގެ ރައީސަކަށް ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ވޯޓުން ހޮވިވަޑައިގަތީ އެހާތަނާ ހަމައަށް ރާއްޖޭގެ ބޮޑުވަޒީރުކަން ކުރެއްވި އިބްރާހިމް ނާސިރެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ރާއްޖޭގައި 1968 އިން މިއަދާ ހަމަޔަށް އައި ދިގުރިޔާސީވެރިކަމުގެ ތެރެއަށް ޑިމޮކްރަސީ އާއި ޕާޓީސިސްޓަމެއް ޤާއިމުކުރިޔަކަސް މުއައްސަސާތަކުގެ އެތެރެ ވަނީ މުޅިން ކިލަބުވެ ތަޣައްޔަރުވެފަ. މިއީ ކުޑަޤައުމަކަށްވީހިދު މިޤައުމަކީ ފައިސާވަދެ ފައިސާގެ ބޭނުން ފުރިހަމަގޮތުގައި ނުހިފައި ވެރީން އެފައިސާއަށް އަބަދުވެސް ޚިޔާނާތް ތެރިވާތީ ރައްޔިތުން ބިކަޙާލުގައި އުޅޭ ޤައުމެއް. ވައްކަންނުކުރި ވެރިކަމެއް ނުގެނެވުނު. ދައުލަތުގެ އެއްބާރު ކަމަށްވާ ރައްޔިތުންގެ މަޖްލީހުގެ ހައިބަތެއްނެތް. މަޖްލިސް ސިފަވަނީ ވަކަރުގޭ ދަރިންގެ ކޮށްޓަކަށް. ފަނޑިޔާރުން ނަށް އިތުބާރުކުރެވޭކަށް ނެތް ފަނޑިޔާރުން މަޤާމުގައި އަހަރުނުވަނީސް ބަދަލުވަނީ މަހުޖަނުންނަށް. ޤައުމީދުވަސް އަޔަތީ ކިޔާކަށް އެއްޗެއްނެތް. ޥެރިކަމުގެ ތެރެއިން އިންސާފު ވިއްކުމާއި ވައްކަން ކުރުން ހުއްޓިގެން ޖުމްހޫރިއްޔާ އެއްއޮންނާނީ.

Leave a Reply

Your email address will not be published. Required fields are marked *