މާފަންނު ސެންޑްރޯސް ގޭގައި ހިންގާ ގަރާޖެއްގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު މަރުވެއިވާއިރު، މާލޭގައި މިފަދަ ހާދިސާތައް ހިގާން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ މާލެ ތޮއްޖެހިފައި އޮތުމާއި، އަދި މާލޭގެ ދިރިއުޅުުގެ ހާލަތު އޮތް ގޮތުން ކަމުގައި ރައީސް ސާލިހު ވިދާޅުވެއްޖެއެވެ.
ރޭގެ އަލިފާނުގެ ހާދިސާ ހިގި ސަރަހައްދަށް މިއަދު ޒިޔާރަތްކުރައްވާ މީޑިއާތަކާއި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ މިކަހަލަ ހާދިސާތައް ހިގިޔަ ނުދިނުމަށްޓަކާ ކުރާންޖެހޭ ވަރަށް ބައިވަރު މަސައްކަތްތައް އެބަހުރި ކަމުގައެވެ. ރައީސް ސާލިހު ވިދާޅުވީ އެންމެ ފުރަތަމަ ހައްލު ހޯދަންޖެހޭ މައްސަލައަކީ އެކީ ކަމުގައެވެ.
މިހަކަލަ އިންސިޑެންޓްތައް ހިގިޔަ ނުދިނުމަށްޓަކާ ކުރާންޖެހޭ ވަަރަށް ބައިވަރު މަސައްކަތް އެބަހުރި. އެންމެ ބޮޑު އެއް މައްސަލައަކީ މާލޭގަ ތޮއްޖެހިފައި މިއޮތް އޮތުން. ދިރިއުޅުމުގެ ހާލަތު އޮތްގޮތް. އެއަށް އެންމެ ފުރަތަމަ ހައްލެއް ހޯދާން ޖެހެނީ. އެއާއެކީގައި މާލޭގައި އިމާރާތް ކުރާއިރުގަ ބިލްޑިންގ ކޯޑު މިއަށްވުރެ ހަރުދަނާކުރެވި އެކިކަހަލަ މަސައްކަތްތައް އެކި ތަނުގަ ކުރެވޭކަހަލަ ގޮތަކަށް ކަންތައް ޖެހޭ އެބަ ބަދަލުވެގެން ދާން. މިއީ މާލެއަށް ހުރި ވަރަށް ބޮޑެތި ގޮންޖެހުންތައް. އެކަމަކު މީގެ ބައެއް ކަންތައްތައް ފެށިގެން ކުރިޔަށް އެބަދޭ، އަދި ބައެއް ކަންތައްތައް އަޅުގަޑުމެންނަށް ކުރެވިފަވެސް އެބަހުރި.
ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވެފައި ވެއެވެ.
ރައީސް ސާލިހު ވިދާޅުވީ މި ހާދިސާގައި 10 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު، މީގެތެރެއިން ގިނަ މީހުންނަކީ ކޮންބައެއްކަން ސާފުވެފައި ނުވި ނަމަވެސް، އަލިފާނުގެ ހާދިސާ ހިގި ގޭގައި ތިން ގައުމެއްގެ މީހުން ދިރިއުޅުނުކަން އެގެން ހުރިމަކަމުގައެވެ. އޭގެ ތެރޭގައި އިންޑިއާ، ސްރީ ލަންކާ އަދި ބަންގްލާދޭސްގެ މީހުން ހިމެނޭކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ސާލިހު ވިދާޅުވީ ހާދިސާ ހިގިގޭގައި ދިރިއުޅެމުން އައި 9 މީހަކު ސަލާމަތް ކުރެވި، އެންޑީއެމްއޭއިން އެހީތެރިކަން ފޯރުކޮށް ދެމުންދާ ކަމުގައެވެ. ރައީސް އިތުރަށް ވިދާޅުވީ ކައިރީގައި ހުރި ގެތަކަށް އަލިފާން ނުފެތުރު ހިފެހެއްޓުނީ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސިއުއިން ސަރަހައްދަށް ހާޒިރުވެސް ކުރިމަސައްކަތްތަކުން ކަމުގައެވެ.
ރައީސް ސާލިހު ވިދާޅުވީ އެމްޑީއެފްއަށް ރަގަޅު މަސައްކަތްތަކެއް ނުކުރެވުނުނަމަ އެ އަލިފާނުގެ ހާދިސާއަކީ މިއަށްވުރެ ބޮޑު ހާދިސާއަކަށް ވެގެން ދިޔައީސް ކަމުގައެވެ.
މިހާދިސާގައި 10 މީހަކު ވަރުވެފައިވާކަން މިހާރު ކަށަވަރު ކުރެވިފައިވީ ނަމަވެސް، މިހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާކަމެއް ކަމަށް ބެލެވެއެވެ. އަދި ފުލުހުން މިހާރުވެސް ދަނީ ގެއްލިފައިވާ ބައެއް މީހުން ހޯދަމުންނެވެ. މިގޮތުން ފުލުހުންވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ރެއިން ފެށިގެން އެއްވެސް ޚަބަރެއް ނުވާ ބިދޭސީން މަޢުލޫމާތު ވީހާވެސް އަވަހަކަށް ފުލުހުންނަށް ފޯރުކޮށްދިނުމަށް އެދިފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭގެ ހާދިސާގައި މަރުވި ބައެއް މީހުންގެ ހަށިގަޑުތައްވަނީ ވަކިކުރަން ނޭގޭވަަރަށް އަދާފައެވެ. މަރުވި މީހުންނަކީ ކޮންބައެއްކަން ދެނެގަތުމުގެ މަސައްކަތް ފުލުހުން މިހާރުވެސް ދަނީ ކުރަމުންނެވެ.