މާފަންނު ސެންރޯސް ގޭގައި ހިންގަމުން ގެންދިޔަ ގަރާޖެއްގައި ރޯވި މިހާތަނަށް 9 މީހުން މަރުވެފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ. އެމްއެންޑީއެފްއިން ދާދި ދެންމެއަކު މައުލޫމާތު ދިން ގޮތުގައި މ. ނިރުފެހީގައި ދިރިއުޅޭ މީހުންގެ ތެރެއިން ނުވަ މީހަކު މަދު ކަމަށް ފާހަގަ ކުރެވިގެން މީހުން ހޯދަމުން ދަނިކޮސް ދާދި ދެންމެއަކު ނިޔާވަފައިވާ އިތުރު މީހުންގެ ހަށިތައް އެ ގޭތެރެއިން ފެނިފައި ވާކަމުގައެވެ.
ރޭގެ ދަންވަރުގެ ވަގުތުގައި މި ގަރާޖުގައި ރޯވި އަލިފާން ނިއްވާލާފައި ވާއިރު، މިހާދިސާގައި ފިހުނު ބައެއް މީހުން އެންބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފައި ވެއެވެ. އަދި އެއަށްފަހު އަލިފާން ނިއްވާ ފަރާތްތަކުން ބޮޑީ ބޭގްތަކުގައި ބައެއް މީހުންގެ ހަށިގަޑު އެމްބިއުލާންސަށް އެރުވި މަންޒަރުތައްވެސް ވަނީ ފެނިފައެވެ.
އެމްއެންޑީއެފްއިން ހާމަ ކޮށްފައިވާ ގޮތުގައި، މި ގަރާޖުގައި ރޯވިކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭގެ މެންދަމު 12:30 ހާއިރު ކަމަށެވެ. އަދި މާވެޔޮ މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހަދިސާއެއް ހިނގައިގެން އެފްއާރުއެސްއިން ވަގުތުން ހަރަކާތްތެރިވާން ފަށާފައިވާކަމަށްވެސް އެމްއެންޑީއެފްއިން ޓުވީޓު ކޮށްފައި ވެއެވެ. ގަރާޖުގައި ރޯވި އަލިފާން ނިއްވުމުގެ އެމްއެންޑީއެފްގެ އިތުރުން އާންމުންގެ ބައެއް ފަރާތްތަކުންވެސްވަނީ ހަރަކާތްތެރި ވެފައެވެ. އަލިފާން ގަޑު ނިއްވާލެވިފައިވަނީ 4 ގަޑިއިރުގެ މަސައްކަތުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ނިއްވުމުގައި މަސައްކަތް ކުރި ފަރާތްތަކުން އަދިވެސް ދަނީ މި އިމާރާތުގެ އެތެރޭގައި ތިބި ބައެއް ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެނގިފައިފާ ގޮތުގައި މަރުވައިވާ ބައެއް މީހުން ފެނިފައިވަނީ އެއްތަނެއްގައި ތިއްބައެވެ.
މިހާދިސާގައި ނިޔާވި ބައެއް މީހުންގެ ހަށިތައް މިހާރުވަނީ ގަލޮޅު ސަހަރާއަށް ގެންދެވިފައެވެ.
މިއީ މާލޭގައި ހިނގި އަލިފަނުގެ ހަދިސާއެއްގައި، ފަހުގެ ތާރީޚެއްގައި އެންމެ ގިނަ އަދަކަށް މީހުން މަރުވެފައިވާ ހާދިސާއެވެ.
ތަފްސީލް އަންނަނީ..