ޖީޖީ ޓްވިޓާ އަށް އަލްވަދާއު ކިޔައިފި

ޖީޖީ ޓްވިޓާ އަށް އަލްވަދާއު ކިޔައިފި

Author
ފާތިމަތު ނާވީ
11 ނޮވެމްބަރ 2022 05:09
0

ރައްކާތެރި ކަން ޓްވިޓާގައި ނެތް ކަމަށް ބުނެ ޓްވިޓާ ދޫކޮށްލި މީހުންގެ ތެރޭގައި މަޝްހޫރު މޮޑެލް ޖީޖީ ހަދީދު ވެސް ހިމެނިއްޖެ އެވެ.

އީލޮން މަސްކު ޓްވިޓާ ގަނެ ކުންފުނި ހިންގުމާ ހަވާލުވުމާއި އެކުގައި ޓްވިޓާގެ މަތީ ފަޑިގެ ގިނަ ބަޔަކު ވަނީ ވަޒީފައިން އަތްދޮވެލަން ޖެހިފައިއެވެ. މީގެ އިތުރުން ވެސް ޓްވިޓާގެ ގިނަ އަދަދެއްގެ ބަޔަކު ވަޒީފާ އިން ވަކިކޮށްފައިވުމާއި އެތަނުގެ ތެރޭ އޮތް ތަފާތުކުރުންތަށް ވަރަށް ބޮޑެވެ.

އެކަހަލަ ޕްލެޓްފޯމް އެއްގައި އުޅެން ބޭނުން ނުވާ ކަމަށް  ބުނެ ޖީޖީ ޓްވިޓާ އެކައުންޓު މިހާރު ވަނީ ފޮހެލައިފަ އެވެ. އެކައުންޓް  ޑިލިޓްކޮށް އަދި އޭނާ ޓްވިޓާ ދެން ބޭނުން ނުކުރާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައިއެވެ.

ޖީޖީ ޓްވިޓާ ދޫކޮށްލި މައިގަނޑު ސަބަބަކީ، ޓްވިޓާ އަކީ އުފެއްދުންތެރި ތަނެއްގެ ބަދަލުގައި ބޭކާރު ވާހަކަތަކާއި މީހުންނާ މެދު ނަފްތަރު އުފެދޭ ފަދަ ވާހަކަތައް ދެކެވޭ ތަނަކަށް މިހާރު ބަދަލުވެފައިވުން ކަމަށެވެ.

އެލޮން މަސްކް ޓްވިޓާ ގަތުމާއި ގުޅިގެން ގިނަ ތަރިންތަކެއް އެކައުންޓްތައް މިހާރު ވަނީ ޑިލީޓްކޮށްފައެވެ. އޭގެ ތެރޭގައި މަސްކްގެ ކުރީގެ ލޯބިވެރިޔާ އެމްބާ ހާޑްވެސް ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.