"ކިސީ ކާ ބާއީ ކިސީ ކީ ޖާން" ގެ ރޯލަކުން ބަގިޔާޝްރީ

"ކިސީ ކާ ބާއީ ކިސީ ކީ ޖާން" ގެ ރޯލަކުން ބަގިޔާޝްރީ

އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒް ކުރުމަށް ތާވަލް ކޯށްފައިވާ ފިލްމް "ކިސީ ކާ ބާއީ ކިސީ ކީ ޖާން" ގެ ރޯލަކުން ބަތަލާ ބަގިޔާޝްރީ ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިހާރު ވަނީ އެ ފިލްމްގެ ޓީޒާވެސް ދައްކައިލައިފައިއެވެ. ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމްގެ މުހިންމު ރޯލުތަކުން ޕޫޖާ ހޭގްޅޭ، ޖޭސީ ގިލް، ރާގަވް ޖުޔަލް، ސިދާތު ނިގަމް އަދި ބިގްބޮސް ސީޒަން 13 އިން ވިދާލި ޝެހެނާޒް ގިލްވެސް ފެނިގެންދާނެއެވެ.

ސަލްމާން އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްގައި ފިލްމް ގެ ޓީޒާ އާންމު ކުރި އިރުގައި މުޅި ޓީޒާއިން ވެސް ފެނިގެން ގޮސްފައިވަނީ ސަލްމާން ހާންއެވެ.

މީޑިއާތަކުން ބުނީ މިހާރު މަދުމަދުން ފިލްމުތަކުގެ ސަޕޯޓިން ރޯލްތަކުން ފެންނަ 53 އަހަރުގެ ބަތަލާ އެ ފިލްމުގެ ވަރަށް މުހިއްމު ރޯލަކުން ފެންނާނެ ކަމަށެވެ. ބަގިޔާޝްރީ އަކީ ސަލްމާން ތަރިއަކަށް ބަދަލުކޮށްދިން 1989 ގެ ގެ ފިލްމު "މޭނޭ ޕިޔާރު ކިޔާ" ގެ ބަތަލާކަމެވެ.

މިހާރުވެސް ގިނަބައެއްގެ މެދުގައި މަގުބޫލު މި ފިލްމް އާއި އެކުގައި ސަލްމާންގެ ތަރި ބޮލީވުޑްގެ މެދު އުޑުގައި ފިޔަޖަހަން ފެށިއެވެ. ނަމަވެސް އެ ފަހުން މި ދެތަރިން އެކުގައި އެއްވެސް ފިލްމް އަކުން ފެނިގެން ގޮސްފައިއެއް ނުވެއެވެ.

އެފިލްމް އަށް ފަހު ސަލްމާން ފުލު ފުލުގައި ހިޓް ފިލްމްތަށް ކުޅެމުން ދިއަ ނަމަވެސް ބަގިޔަޝްރީ ވަނި އިނޑަސްޓްރީ އިން ގެއްލިފައިއެވެ. އަދި އެއާއި އެކުގައި ވަރަށް މަދު މަދުން ފިލްމް ތަކުން އޭނާ ފެންނަން ފެށި މީގެ ދެތިން އަހަރު ކުރިންނެވެ.

ފިލްމީ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި ބަގިޔާޝްރީގެ އިތުރުން "ކިސީ ކާ ބާއީ ކިސީ ކީ ޖާން" ގެ ރޯލަކުން ބޫމިކާ ޗާވްލާ ވެސް ފެންނާނެ އެވެ. އޭނަ އަކީ ސަލްމާންގެ ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ 2003 ގެ "ތެރޭ ނާމް" ގެ ބަތަލާ އެވެ. އެއީވެސް ސަލްމާންގެ ފިލްމީ ކެރިއަރުގައި ކުޅުނު ވަރަށް ކާމިޔާބު ފިލްމްއެކެވެ.

މި އަސަރު ގަދަ ލޯބީގެ ފިލްމް އަށް ފަހު މަޑުމަޑުން ބޫމީ ވެސް ބޮލީވުން އިން 'ގެއްލުނީ"އެވެ. ނަމަވެސް ސައުތުގެ ފިލްމް ތަށް އޭނާ ދެތެރެއަކުން ކުޅެއެވެ. ނަމަވެސް ފެނިގެންދަނީ ސަޕޯޓިން ރޯލުތަކުންނެވެ.

ފަރުހާދު ސަމްޖީ ޑައިރެކްޓުކުރާ "ކިސީ ކާ ބާއީ ކިސީ ކީ ޖާން" އަކީ ސަލްމާން ހާން އާއި ނާޑީއަޑުވާލާ އެންޑް ގްރޭންޑްސަން އެންޓަޓައިންމެންޓް އިން ޕްރޮޑިއުސްކުރާ ފިލްމްއެކެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *