މޫސަ އެމްޑީޕީއާއި ގުޅުމަކީ ލިބިގެންދިޔަ އިތުރު ހިތްވަރެއް: ރައީސް ޞާލިހު

މޫސަ އެމްޑީޕީއާއި ގުޅުމަކީ ލިބިގެންދިޔަ އިތުރު ހިތްވަރެއް: ރައީސް ޞާލިހު

Author
ހުސައިން
08 ނޮވެމްބަރ 2022 08:18
0

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު އަލުން އެޕާޓީއާއި ގުޅުމަކީ ލިބިގެންދިޔަ ބޮޑު ހިތްވަރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހު މިހެން ވިދާޅުވީ މޫސަ އެމްޑީޕީއާއި ގުޅުމުން އެކަމަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓުވީޓުގައެވެ. މޫސަ އެމްޑީޕީއަށް ސޮއި ކޮށްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އެމްޑީޕީއާއި ސޮއިކޮށް ފޯމު ހަވާލު ކުރެއްވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއެވެ.

ރައީސް ޞާލިހު ވިދާޅުވީ މޫސައަކީ އެމްޑީޕީއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަމަށެވެ. އަދި އަލުން މޫސަ އެމްޑީޕީއާއި ގުޅުމަކީ ލިބިގެންދިޔަ ބޮޑު ހިތްވަރެއްކަމަށެވެ.

އެމްޑީޕީ އަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ކުރީގެ ޗެއާޕާސަން މޫސާ މަނިކު މިޕާޓީއާ އަލުން ގުޅިވަޑައިގަތުމަކީ، މިޕާޓީ އަށާއި އަޅުގަނޑުމެން އެންމެނަށް ލިބުނު އިތުރު ހިތްވަރެއް. މޫސަ އަކީ އަބަދުވެސް އިސްލާހަށް މަސައްކަތްކުރައްވާ ބޭފުޅެއް. އެމްޑީޕީއަށް މަރުޙަބާ.

– ރައީސް ޞާލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

ރައީސް ޞާލިހު މިހެން ވިދާޅުވެފައިވާއިރު، މޫސާ މަނިކަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ އެއްބޭފުޅާއެވެ. މޫސަ އެމްޑީޕީން ބޭރުކޮށްލީވެސް ރައީސް ނަޝީދުކަމަށް ތަކުރާރުކޮށް މޫސަ ގެންދަވަނީ ވިދާޅުވެސް ވަމުންނެވެ.

މޫސަ އެމްޑީޕީއާއި ގުޅިފައިވަނީ ރައީސް ޞާލިހަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ތާއީދު ނުކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. މޫސަ އެމްޑީޕީން ބޭރުކޮށްލުމުން ގުޅިފައިވަނީ އޭރު ވެރިކަންކުރި ޕީޕީއެމްއާއިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އިބްރާހިމް
ގަނެލީދޯ