ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރުޓީއެލް)ގެ ދަށުން އެމްޓީސީސީން މާލޭގައި މިހާރު ދެމުންގެންދާ މިނީ ބަހުގެ ޚިދުމަތް އިތުރަށް ފުޅާކޮށް ފުރިހަމަކުރުމުގެގޮތުން މާލޭގެ މަގުތަކުގައި ދުއްވަން އިލެކްޓްރިކް ބަސްތަކެއް ނެގެސްފިއެވެ.
އެމްޓީސީސީން ގެނެސްފައިވަނީ އިލެކްޓްރިކް 6 ބަހެވެ. މި އިލެކްޓްރިކް ބަސްތަކަކީ ސައިޒުގެ ގޮތުން ބަލާއިރު މިހާރު މާލޭގައި ދުއްވަމުންއަންނަ ބަސްތަކަށް ވުރެ ސައިޒުގެ ގޮތުންވެސް ކުޑަ ޖާގަވެސް ތަންކޮޅެއް ކުޑަ ބަސްތަކެކެވެ.
We delight in contributing to the realization of “NetZero by 2030” initiative by HEP Ibrahim Mohamed Solih with addition of 6 new EV buses to our RTL Bus Fleet. They are compact in size, with a capacity of 11 seats and wheel chair access.#RTLBus #CarbonNeutral #RayyithungeKunfuni pic.twitter.com/JRYOMGt3w4
— MTCC Plc (@MTCCPlc) November 7, 2022
މިއީ ސަރުކާރުން ކަނޑައަޅާފައިވާ އަމާޒެއްކަމަށްވާ 2030 ވަނަ އަހަރާހަމަޔަށް ރާއްޖެއަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ސަރުކާރުން ކުރައްވާ މަސައްކަތަށް އެހީތެރިވެ މަގުފަހިކުރުމުގެ ގޮތުން އެޅި ފިޔަވަޅެއްކަމަށް އެމްޓީސީން ބުނެއެވެ.
އެމްޓީސީސީން މާލޭޜގައި މިނީ ބަހުގެ ޚިދުމަތް ދޭން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. އެއީ މާލެ ސަރަޙައްދުގައި ޢާއްމު ދަތުރުފަތުރުގެ ޚިދުމަތެއް ތަޢާރަފްކޮށް ދެމެހެއްޓެނި ގޮތެއްގައި ޚިދުމަތް ދިނުމުގެ މަޤުސަދުގައި އެކުންފުނިން ފެށި ކަމެކެވެ. މި ޚިދުމަތަށް ޢާއްމުންގެ ތަރުޙީބު ބޮޑެވެ. ވަރަށް ގިނަބަޔަކު ބަހުގެ ޚިދުމަތް ހޯދައެވެ. މާލޭގެ ހަނި މަގުތަކުގައި ބަސް ދުއްވާއިރު މަގުތައް ތާށިވެ ދުއްވާ މީހުންނަށް ދަތިތަކާ ކުރިމަތިވެއެވެ. މިކަން ޙައްލުކުރުމަށް މިހާރުވެސް ވަނީ ބައެއް ފިޔަވަޅުތައް އަޅާފައެވެ. އިލެކްޓްރިކް ބަހާއެކު މިކަމަށްވެސް އިތުރު ހައްލެއް ލިބޭނެކަމަށް އެމްޓީސީސީން ދެކެއެވެ.