ޖޭޕީއަށް ސޮއިކުރިތާ ދެމަސް ނުވަނީސް މަރިޔަމް ނިޝާ އެމްޑީޕީއަށް

ޖޭޕީއަށް ސޮއިކުރިތާ ދެމަސް ނުވަނީސް މަރިޔަމް ނިޝާ އެމްޑީޕީއަށް

Author
މުޙައްމަދު ޖިމީ
07 ނޮވެމްބަރ 2022 11:53
0

ރާއްޖޭގެ ކުރީގެ މަޝްހޫރު ފިލްމީ ތަރި މަރިޔަމް ނިޝާ ޖުމްހޫރީ ޕާޓީއަށް ސޮއިކުރިތާ ދެމަސް ނުވަނީސް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށް ސޮއިކޮށްފިއެވެ.

ނިޝާ އެމްޑީޕީއަށް ސޮއިކުރިކަން އެޕާޓިގެ ޗެއަރޕާސަންގެ ނާއިބު އިބްރާހީމް ވަހީދު ވަނީ ޓްވީޓްކުރައްވާފައެވެ.

މަރިޔަމް ނިޝާ ޖޭޕީއަށް ސޮއިކުރީ ސެޕްތެމްބަރު 17ގައެވެ.

ރާއްޖޭގެ ފިލްމީ ބައެއް ތަރިން އަންނަނީ ސިޔާސީ ޕާޓީތަކާ ގުލެމުންނެވެ. އަދި އެ ފަންނާނުން ޕާޓީ އަވަސް އަވަހަށް ބަދަލުކުރާތީ ގިނަ ބަޔަކު ފާޑުކިޔައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ލިބުނު ލާރި މަދުވީ