މި އަންނަ ޑިސެމްބަރު މަހުގައި ކައިވެނި ކުރަން ތައްޔާރު ވަމުން އަންނަ ސައުތުގެ މަޝްހޫރު އެކްޓަރެސް ހަންސިކާ މޯޓްވާނީ އެންގޭޖްވެއްޖެއެވެ.
ވިޔަފާރި ވެރިއެއް ކަމުގައިވާ ސޮހޭލް ކަތްރިޔާ އޭނާ އަށް ޕްރޮޕޯސް ކޮސްފައިވާ ފޮޓޯ ތަކެއް ވަނީ އިންސްޓަގްރާމްގައި ހިއްސާ ކޮށްފައިއެވެ. އެމީހުން އެންގޭޖް ކޮށްފައިވަނީ ޕްރާންސްގެ ޕެރިސްގައިއެވެ. ހަންސިކާގެ ފޮޓޯތަކުން ފެންނަނީ ލޯބީގެ ނިޝާނެއް ކަމުގައި ގިނަބަޔަކު ބަލާ އެފިލްޓަވާ ކައިރީގައި އެމީހުން އެންގޭޖް ކުރާތަނެއެވެ.
ހަންސިކާ އާއި ސޮހޭލް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ދެތިން އަހަރެއް ވެފައި ވާކަމަށް ރިޕޯޓްތަށް ބުނެއެވެ. އަދި އެމީހުންގެ ކައިވެނި އޮންނާނީ ހިންދޫ ދީނުގެ އާދަކާދަ ތަކާ އެއްގޮތްވާ ގޮތުގެ މަތިން ވަރަށް ކުލަގަދަ ކޮން ކަމަށް މީޑިއާ އިން ވަނީ ރިޕޯޓް ކޯށްފއިއެވެ.
މިކައިވެނީގެ ސެރޮމޮނީތަށް ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުގައި ފަށާނެއެވެ. އަދި ކައިވެނި އޮންނާނީ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުގައިއެވެ. އަދި ވަރަށް ކުލަގަދަކޮށް މި ކައިވެނި ކުރެވޭނެ ކަމަށް ވަނީ ހަބަރުތަށް ބުނެފައިއެވެ.
30 އަހަރުގެ ބަތަލާ އަކީ ސައުތުގެ ކާމިޔާބު ފިލްމް ތަކެއް ކުޅެފައިވާ ވަރަށް މަޝްހޫރު ބަތަލާއެކެވެ. އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ޓަމިލް ފިލްމް "މަހާ" އިންނެވެ.
ކޮމެންޓު ފޮނުވާ