ނަވްޔާ އާއި ލޯބީގެ ގުޅުމެއް ނެތް: ސިދާންތު

ނަވްޔާ އާއި ލޯބީގެ ގުޅުމެއް ނެތް: ސިދާންތު

ގުޅުންހުރި

މީޑީއާއިން މީގެ ކުރިން އެތަށް ފަހަރެއްގެ މަތިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ރިޕޯޓްކޮށްފައިވާ ޒުވާން އެކްޓަރު ސިދާންތު ޗަތުރުވޭދީ އާއި އަމިތާބް ބަޗަންގެ ކާފަދަރިފުޅު ނަވްޔާ ނަވޭލީ އާއި އެއްވެސް އެކަހަލަ ގުޅުމެއް ނެތް ކަމަށް އޭނާ ބުނެފިއެވެ.

މީގެ ކުރިންވެސް މީޑިއާއިން ވަނީ އޭނާ އާއި ނަވްޔާ އާއި ދެމެދެ ލޯބީގެ ގޮތުން ގުޅިގެން ގުޅިގެން އުޅޭކަމުގެ ވާހަކަތަކެއް ފަތުރާފައިއެވެ. ނަމަވެސް އެއީ ތެދެއް ކަމެއް އެ ދެތަރިން ކުރެ އެކެއްވެސް ކަށަވަރު ކޮށްދީފައިއެއް ނުވއެވެ. އަދި ހަމަ އެހެންމެ އެކަމާއި ގުޅޭގޮތުން އެއްވެސް ވަރަކަށް ވާހަކަ ދައްކައިފައިވެސް ނުވެއެވެ.

މިފަހުން އޮންލައިން ނޫހަކަށް ދިން އިންޓަވިއުއެއްގައި ސިދާންތް ބުނެފައިވަނީ އެނާ ހުރީ ސިންގަލް ކޮންކަމަށެވެ. އޭނާ ވަނީ ކޮފީވިތް ކަރަންގެ އެންމެ ފަހު ސީޒަންގައި ބައިވެރިވެ ދެއްކި ވާހަކައެއްގައިވެސް އޭނާ ސިންގަލް ކަމަށް ބުނެފައިއެވެ.

"އަހަރެން ލޯބީގެ ގޮތުން ކުއްޖަކާ ގުޅިގެންނެއް ނޫޅެން. އަދި މިހުރީ ހުސްކޮން، ހަމަ ވަރަށް ވަރަށް ސިންގަލް ކޮށް. ލޯބީގެ އެއްވެސް ކަނތަށް ތަކެއް އަދި ދިރިއުޅުމުގައިއެއް ނެތް"

ސިދާތް މީގެ ކުރިން ކަރަންގެ ޝޯވ ގައި ވާހަކަ ދައްކަމުންވެސް އޭނާ ސިންގަލް ކަމަށް ބުނެފައި ވެއެވެ. އަދި އޭނާ ސިންގަލް ކަމުން އޭނާ ގެ ކޯސްޓާރު އިޝާން ކައްޓަަރުވެސް ސިންގަލް ކަމަށް ބުނެ އެ ޝޯވ ގައި އޭނާ ވަނީ ސަމާސާ ވެސް ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Navya Naveli Nanda (@navyananda)

29 އަހަރުގެ އެކްޓަރު އޭނާގެ ކެރިއަރު ފެށީ 2019 ވަނަ އަހަރުގެ ފިލްމް "ގަލީ ބޯއީ" އިންނެވެ. މިއަދު އޭނާގެ ފިލްމް "ފޯން ބޫތް" ރިލީޒް ކުރާނެއެވެ. އެ ފިލްމްގައި ސިދާންތް އާއި އެކުގައި ފެނިގެންދާނީ އިޝާން ކައްޓަރު އާއި ކެޓްރީނާ ކައިފްއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *