"ނޯ އެންޓްރީ މޭ އެންޓްރީ" ސަލްމާން ދޫކޮލި ވާހަކަ ޑައިރެކްތޓަރު ދޮގު ކޮށްފި

"ނޯ އެންޓްރީ މޭ އެންޓްރީ" ސަލްމާން ދޫކޮލި ވާހަކަ ޑައިރެކްތޓަރު ދޮގު ކޮށްފި

"ނޯ އެންޓްރީ" އަކީ 2005 ގައި ނެރެނު ކާމިޔާބު ފިލްމެކެވެ. އެ ފިލްމުގެ ދެވަނަ ބައެއް ނެރެން އުޅޭއިރު ފިލްމުގެ ލީޑުން، ފުރަތަމަ ފިލްމުން ފެނުނު ސަލްމާން ޚާނާއި އަނިލް ކަޕޫރުގެ އިތުރުން ފަރްދީން ޚާން ވެސް ފެންނާނެއެވެ. މިއީ އެ ތިން ތަރިންގެ އޮން-ސްކްރީން ރިޔޫނިއަނެވެ.

ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ޖަނަވަރީ ހިސާބުގައި ފެށެނެ ކަމަށް ޚަބަރުތަށް ބުނި ނަމަވެސް ފިލްމުގެ މުހިންމު ރޯލެއް އަދާ ކުރާ އެއް އެކްޓަރު ސަލްމާން މިހާރު އެ ފިލްމުން ވަކި ވެއްޖެ ކަމަށް ވަނީ ޚަބަރު ފެތުރިފައެވެ.

މިކަމާއި ގުޅިގެން ސަލްމާން އަދި އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު، ފިލްމުގެ ޑައިރެކްޓަރު އަނީސް ބަޒްމީ މި ވަނީ މިކަމާއި ގުޅިގެން ވާހަކަ ދައްކާފައެވެ. އޭނާ ބުނެފައިވާ ގޮތުގައި ސަލްމާނާއި ނުލައި މި ފިލްމެއް ނުއެއް ހެދޭނެއެވެ. އެއީ ފިލްމްގެ ވަރަށް މުހިންމު ރޯލެއް ކަމަށް އޭނާ ވަނި ބުނެފައެވެ.

އަދި މީޑިއާއިން މިވާހަކަ ފަތުރާތީ އޭނާ ވަނީ އެކަމާއި ނުރުހުން ފާޅުކޮށްފައެވެ. މިދިޔަ އޭޕްރީލް މަހު މި ފިލްމު އިއުލާނުކުރިއިރު މީގެ މަސައްކަތުގައި ސަލްމާން ވަރަށް ސީރިއަށްކަމާއި، ފިލްމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށްވެސް އަނީސް ވަނީ ބުނެފައެވެ.

އަދި މިހާތަނަށް ފިލްމުގެ މުޅި ކާސްޓް އިއުލާން ކޮށްފައި ނުވި ނަމަވެސް ފިލްމުގެ ކާސްޓް އެއްކޮށް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ޚަބަރުތައް ބުނެއެވެ. އަދި ފިލްމުން މިހާރުގެ މަޝްހޫރު ތަރިން ފެނިގެން ދާނެ ކަމަށް ޑައިރެކްޓަރު ވަނީބުނެފައެވެ.

"ނޯ އެންޓަރީ" ގައި ފެނިގެން ދިއައީ ސަލްމާން ޚާން، ފަރްދީން ޚާން، އަނިލް ކަޕޫރު، ލާރާ ދައްތާ، އީޝާ ޑިއޯލް އަދި ސެލީނާ ޖެއިޓްލީއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *