ރާއްޖޭގެ ސަރަހައްދު ދިފާޢުކުރުމަށް އަޅުގަނޑުމެން މިތިބީ ކަމަރު ބަނދެގެން: ޢިމްރާން

ރާއްޖޭގެ ސަރަހައްދު ދިފާޢުކުރުމަށް އަޅުގަނޑުމެން މިތިބީ ކަމަރު ބަނދެގެން: ޢިމްރާން

Author
މުޙައްމަދު ޖިމީ
02 ނޮވެމްބަރ 2022 08:39
0

ރާއްޖޭގެ ސަރަހައްދު ދިފާޢުކުރުމުގައި ކަމަރު ބަނދެގެން ހުންނެވިކަމަށް ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި ޗާގޯސް ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލާގައި ރާއްޖޭގެ ސްޓޭންޑް ބަދަލުވެފައިވާތީ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. ރާއްޖެއިން މޮރީޝަސްއާއި އެއްކޮޅަށް ވޯޓު ދޭން ނިންމުމުގެ ސަބަބުން ފާޑުކިޔުން އަމާޒުވެފައިވާއިރު، 2019ގައި ޗާގޮސް، މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމާ ދެކޮޅަށް ރާއްޖެ އިން ވޯޓު ދިން މައްސަލައިގައި ދިވެހި ސަރުކާރުން ރައްޔިތުންގެ ކިބައިން މާފަށް އެދެންޖެހޭނެ ޕީޕީއެމް އިން ބުނެފައިވާ ޚަބަރު ހިއްސާކޮށް ހޯމް މިނިސްޓަރ ޢިމްރާން ވަނީ އިދިކޮޅަށް ރައްދު ދެއްވާފައެވެ.

މިނިސްޓަރ ޢިމްރާން ވަނީ ވިސްނާ ފިކުރު ކުރާބަޔަކަށް މި ހިނގާ ބަހުސްގެ ހަގީގަތް އެނގުމަށް އެ ޚަބަރު ފުދޭނެތޯ ސުވާލުކުރައްވާފައެވެ. އަދި ވިދާލުވީ ރާއްޖޭގެ ސަރަހައްދު ދިފާޢުކުރުމުގައި މި ތިއްބެވީ ކަމަރު ބަނދެގެންކަމަށެވެ.

ޗާގޯސް މައްސަލާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާލުވީ ރާއްޖެއިން ޢަމަލުކުރަމުން އަންނަނީ މީގެ 30 އަހަރުކުރިންވެސް ދިވެހި ދައުލަތުން ނިންމެވި ނިންމެވުންކަމަށެވެ. އަދި މި މައްސަލާގައި ރާއްޖެއިން އަމަލުކުރަނީ ރާއްޖެއަށް އެންމެ ފައިދާ އޮތްގޮތަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައިވާ ގޮތުން ޗާގޯސް މައްސަލައިގައި މި އަހަރު އދ.ގައި ނަގާ ވޯޓުގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓުލާން ނިންމައި، އެކަން ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅަކުން ވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް އަންގަވައިފައެވެ.

އދ.ގެ އާންމު މަޖިލީހުގައި ނަގާ ވޯޓަކީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން އަންގާފައިވާ ގޮތަށް، ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލާ ގަރާރެއް ފާސްކުރުމަށް ނަގާ ވޯޓެކެވެ. އެ ވޯޓުގެ ސަބަބުން، ރާއްޖެ އާއި ފޯޅަވައްސާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭ މައްސަލައަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޜ ޜަން ރަން
ތިހެން 100 ކަމަރު އެޅިޔަ އަދި ބަނަސް އިމުރާނަކަން ތިކަމެން ނުވާނެ އެއީ އިމުރާނު ބޭނުން ވާގޮތްވީމާ؟