55 އަހަރު ނުވިޔަސް ފަނޑިޔާރުންނަށް ރިޓަޔަރ ކުރެވޭގޮތް ހަދައިފި

55 އަހަރު ނުވިޔަސް ފަނޑިޔާރުންނަށް ރިޓަޔަރ ކުރެވޭގޮތް ހަދައިފި

އުމުރުން 55 އަހަރު ނުވިޔަސް ޚިދުމަތުގައި ތިއްބަވާ ފަނޑިޔާރުންނަށް ރިޓަޔަރ ކުރެވޭ ގޮތަށް، ޖުޑިޝަލް ސާވިސް ކޮމިޝަނުން ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.

މިހާރު އުސޫލު ހަމަޖެހިފައި އޮންނަ ގޮތުން، ފަނޑިޔާރުން މަގާމުން ރިޓަޔަރ ކުރެވޭނީ އުމުރުން 55 އަހަރު ވުމުން އަމިއްލައަށް އެދިގެން، ނުވަތަ 70 އަޖހަރު ވުމުން އޮޓޮމިޓަކުން މަގާމުން ރިޓަޔަރވުން ނުވަތަ އިސްޙީ ސަބަބަކަށްޓަކާ މަގާމުން ވަކިވާން ޖެހުމެވެ

ފަނޑިޔާރުންގެ ތެރެއިން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށް އިނާޔަތް އަމަލުކުރާނެ ގޮތްތައް ބަޔާންކޮށް އެގަވާއިދަށް އަމަލުކުރާން ފަށާފައިވަނީ މިއަހަރު ކުރީކޮޅުއެވެ. އެހެންނަމަވެސް މިގަވާއިދަށް ޖޭއެސްސީން ގެނައި އިސްލާހުތަކުގައި މިހާރު ވާގޮތުން އުމުރުން 55 އަހަރު ނުވިނަމަވެސް ވަކި ޝަރުތުތަކެއް ހަމަވުމުން ފަނޑިޔާރުންނަށް ޝަރަފްވެރިކަމާއެކު މަގާމުން ރިޓަޔަރ ކުރެވޭނެއެވެ.

މިގޮތުން މަގާމުގައި 10 އަހަރު ޚިދުމަތް ކުރައްވާފައި ވާނަމަ އަމިއްލައަށް ވަޒީފާއިން ވަކިވާން ފަނޑިޔާރުންނަށް މިހާރު ހުށަހެޅޭނެއެވެ. އެހެންނަމަވެސް ސުލޫކީ މައްސަލައެއް ސާބިތުވެ ފާއިތުވި އެއް އަހަރު ތެރޭގައި ނަސޭހަތްދީ، ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގިފައިވާނަމަ، އިނާޔަތް ލިބޭގޮތަށް މަގާމުން ރިޓަޔަރއެއް ނުކުރެވޭނެއެވެ.

އަދި ފާއިތުވެދިޔަ 3 އަހަރުގެ ތެރޭގައި މަގާމުގެ ދަރަޖަ ދަށް ކޮށްފައިވާނަމަ ނުވަތަ 3 މަސްދުވަހަށްވުރެ އިތުރަށް ވަޒިފާއަށް ނިކުތުން މަނާކޮށްފައިވާ ފަނޑިޔާރަކަށްވެސް ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރުމުގެ ފުރުސަތެއް ނުލިބޭނެއެވެ.

އޭގެ އިތުރުން ތައުދީބީ މައްސަލައެއްގައި މަގާމުން ވަކިކުރުމަށް ނިންމާ ފަނޑިޔާރުންނާއި، މަގާމުން ހުއްޓާ ކުރި ކުށެއްގެ ސަބަބުން އަޅާފާނެ ފިޔަވަޅަކުން ބަރީއަވުމަށްޓަކާ މަގާމުން އިސްތިއުފާދޭ ނުވަތަ ވަކިވާ ފަރާތްތަކަށްވެސް އިނާޔަތެއް ނުލިބޭނެއެވެ.

ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރާ ފަނޑިޔާރުންނަށް މަހުން މަހަށް އުމުރަށް އިނާޔްތަ ލިބޭއިރު މަގާމުން ވަކިވާއިރު ގަނޑުކޮށް އިނާޔަތް ލިބުމުގެ އިތުރުން މެޑިކަލް އިންޝޫރަންސްވެސް ލިބެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *