5.8 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅީ ގާނޫނީ އޮނިގަޑުގެ ތެރެއިންނެއް ނޫން: ނަޝީދު

5.8 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅީ ގާނޫނީ އޮނިގަޑުގެ ތެރެއިންނެއް ނޫން: ނަޝީދު

މި އަހަރަށް ޚަރަދު ކުރުމަށް މަޖިލީހުން ފާސްކޮށްފައިވާ 36.9 ރުފިޔާގެ ބަޖެޓަށްވުރެ އިތުރަށް ބަޖެޓަށް ފައިސާ ބޭނުންވެގެން ފިނޭންސް މިނިސްޓްރީން ހުށަހެޅި 5.8 ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހަށް ހުށަހަޅާފައިވަނީ ގާނޫނީ އޮނިގަޑާއި އެއްގޮތަށް ނޫންކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ މިއަހަރަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްދިން 36.9 ބިލިއަން ރުފިޔާގެ ތެރެއަށް ސަރުކާރުން އިތުރަށް ބޭނުންވާ 5.8 ބިލިއަން ރުފިޔާގެ ސަފްލިމެންޓްރީ ބަޖެޓް އިތުރުކުރުމުގެ ސަބަބުން އަންނަ އަހަރަށް ލަފާކުރާ ބެޖެޓް 43 ބިލިއަން ރުފިޔާއަށް އަރާފައި ވާކަމުގައެވެ.

ނަޝީދު ވިދާޅުވީ މިއީ އުސޫލުގެ ތެރެއިން ހިނގާފައި އޮތް ކަމެއް ނޫންކަމަށާއި، ސަޕްލިމެންޓްރީ ބަޖެޓަކީ އެބަޖެޓެއް ބޭނުންވާ ދުވަހުގެ ކުރިން ކަމަށާއި އަދި އެއީ ވަކިން މަޖިލިހުން ފާސްވެސް ކުރާންޖެހޭ ބަޖެޓެއް ކަމަށެވެ.

ނަޝިދު ވިދާޅުވި ގޮތުގައި މިއީ މައްސަލައެއް ކަމަށާއި، ސަރުކާރުން ހުށަހަޅުއްވާ ބަޖެޓާއި ބިލްތަކާއި ގަރާރާއި އެނޫނަސް މިބާވަތުގެ ހުށަހެޅުންތައް ގާނޫނީ އޮނިގަޑުގެ ތެރެއިން ކުރިޔަށް ނުގެންދެވޭނަމަ އަތުން ކަންކަން ގެއްލެމުންދާ މިންވަރު ބޮޑުވާނެ ކަމުގައެވެ.

އެހެންވީމާ އަޅުގަނޑު ދެކޭގޮތުގައި މިއީ މައްސަލައެއް. އަދި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނަށް ހަނދުމަފުޅުކޮށް އަރުވަން ޖެހޭ ނުކުތާއެއް. މިއީ މަޖިލީހުގެ ކަންތައްތައް ހިނގަމުންދާނީ އިއްޒަތްތެރި މެމްބަރުން އެދިވަޑައިގަންނަވާ ގޮތެއްގެ މަތިން. އެހެން ނަމަވެސް ސަރުކާރުން ހުށަހަޅުއްވާ ބިލުތަކާ ބަޖެޓާ ގަރާރާ އަދިވެސް މި ބާވަތުގެ ކަންކަން ގާނޫނޫ އޮނިގަނޑުގެ ތެރެއިން ނުހިންގޭކަމުގައި ވަނީނަމަ އަޅުގަނޑު ދެކޭގޮތުގައި ދުވަހެއް ދުވަހަކަށް އަޅުގަނޑުމެންގެ އަތުން ކަންކަން ގެއްލެމުންދާ މިންވަރު ބޮޑުވާނެ.

ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ 5.8 ބިލިއަން ރުފިޔާއަކީ ބޮޑު އަދަދެއް ކަމަށާއި، އަދި މަޖިލީހުގައި ސަރުކާރަށް ތާއީދުކުރާ މެމްބަރުންގެ އަދަދު އިތުރުވުމުން ކަންކަން ފަސޭހަކޮށްލައިގެން ކަންކަން ނިންމަމުން ދިއުމަކީ މަޖިލިހުގެ ގަދަރާއި އިއްޒަތާއި ކަރާމަތަށްވެސް އުނިކަން އަންނާނޭ ކަމެއް ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *