ސައުތުގެ މަޝްހޫރު އެކްޓަރެސް ހަންސިކާ މޯޓްވާނީ މި އަންނަ ޑިސެމްބަރު މަހުގައި ކައިވެނި ކުރަން ތައްޔާރު ވަމުން އަންނަ ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެެނެސްދޭ ނޫސްތަކުން ބުނެފިއެވެ.
މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް މީޑީއާއިން މީގެ ކުރިން ވަނީ ރިޕޯޓް ކޮށްފައިއެވެ. ނަމަވެސް އެއީ ކާކުކަމެއް މިހާތަނަށް އޮތީ ސިއްރެއްގެ ގޮތުގައިއެވެ. ނަމަވެސް މިދެމީހުން ޑޭޓް ކުރަމުން އަންނަތާ މިހާރު ދެތިން އަހަރުވެފައިވާ ކަމަށް ވެއެވެ.
ހަންސިކާ ކައިވެނި ކުރަނީ މުމްބައިގައި ވިޔަފާރީވެރިއެއް ކަމުގައިވާ ސޮހޭލް ކަތްރިޔާ އާއިއެވެ. އެމީހުންގެ ކައިވެނި ކުރިއަށް ދާނީ ހިންދޫ ދީނުގެ އާދަކާދަ ތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މިކައިެނީގެ ސެރޮމޮނީތަށް ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުގައި ފަށާނެއެވެ. އަދި ކައިވެނި އޮންނާނީ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުގައިއެވެ. އަދި ވަރަށް ކުލަގަދަކޮށް މި ކައިވެނި ކުރެވޭނެ ކަމަށް ވަނީ ހަބަރުތަށް ބުނެފައިއެވެ.
30 އަހަރުގެ ބަތަލާ އަކީ ސައުތުގެ ކާމިޔާބު ފިލްމް ތަކެއް ކުޅެފައިވާ ވަރަށް މަޝްހޫރު ބަތަލާއެކެވެ. އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ޓަމިލް ފިލްމް "މަހާ" އިންނެވެ.
ކޮމެންޓު ފޮނުވާ