ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ނާޝިޒު، ނައިބު މުގައްރިރަކަށް ބިގޭ

ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ނާޝިޒު، ނައިބު މުގައްރިރަކަށް ބިގޭ

Author
ހުސެއިން
31 އޮކްޓޯބަރ 2022 08:28
0

2023 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރަކަށް ކިނބިދޫ ދާއިރާގެ، އެމްޑީޕީގެ ރައީސް ސާލިހުގެ ފެކްޝަނަށް ނިސްބަތްވާ ނާޝިޒް އަދި ނައިބު މުގައްރިރަކަށް އަލިފުށީ ދާއިރާގެ، ރައީސް ސާލިހުގެ ފެކްޝަނަށް ތާއީދުކުރާ ބިގޭ މިއަދު އިންތިޚާބު ކޮށްފިއެވެ.

ކޮންމެ އަހަރރެއްގެވެސް ދައުލަތުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީއަކީ މާލިއްޔަތު ކޮމިޓީއާއި އިގްތިސާދީ ކޮމިޓީ އެއްކޮށްގެ އެކުލަވާލާ ކޮމިޓީއެކެވެ. ސަރުކާރުން މިއަދު މަޖިލީހަށް ހުށަހެޅި ބަޖެޓް ދިރާސާ ކުރުމަށް އެކުލަވާލެވުނު ބަޖެޓް ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ވަނީ ބާއްވާފައެވެ.

މި ދެބޭފުޅުން މަގާމަށް އައްޔަން ކުރުމަށް ނެގިވޯޓުގައި ދެބޭފުޅުންނަށްވެސް 19 ވޯޓު ލިބިފައި ވެއެވެ. ކޮމިޓީގެ މުގައްރިރަކަށް އިންތިޚާބު ނާޝިޒުއަކީ ފާއިތުވެދިޔަ 3 އަހަރުވެސް ބަޖެޓް ކޮމިޓީގެ މުގައްރިރުކަން ކުރައްވާފައިވާ މެމްބަރެވެ. އޭގެ އިތުރުން އޭނާއަކީ މާލިއްޔަތު ކޮމިޓީގެ މުގައްރިރުވެސްމެއެވެ.

އަންނަ 2023 ވަނަ އަހަރަށް ލަފާކޮށް، ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާފައިވަނީ 43 ބިލިއަން ފުރިޔާގެ ބަޖެޓެކެވެ.

އަންނަ އަހަރަށް ލަފާކުޜާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބުރާހިމް އަމީރު ވިދާޅުވި ގޮތުގައި، ސަރުކާރުން ހުށަހެޅުއްވި ބަޖެޓްގެ ތެރެއިން ޚަރަދުގެ ގޮތުގައި ހިގާނެކަމަށް ލަފާކުރެވެނީ 40.6 ބިލިއަން ރުފިޔާ ކަމުގައެވެ.

އެއީ ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިގާ 28.6 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 14.1 ބިލިއަން ރުފިޔާއެވެ. މ އަދި ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 2.1 ބިލިއަން ރުފިޔާ ކަމަށްވެސް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.