އަޔުޝް ޝަރްމާގެ ފިލްމަށް އައު ބަތަލާއެއް

އަޔުޝް ޝަރްމާގެ ފިލްމަށް އައު ބަތަލާއެއް

Author
ފާތިމަތު ނާވީ
02 ނޮވެމްބަރ 2022 11:28
0

ބޮލީވުޑްގެ އަރަމުން އަންނަ އެކްޓަރު އަދި ސަލްމާން ހާން ގެ ޅިޔަނު އާޔުޝް ޝަރްމާގެ 4 ވަނަ ފިލްމްގެ ބަލަތާ އަކަށް މުޅިން އަލަށް ބޮލީވުޑއަށް އަށް ތައާރަފްވާ ބަތަލާއަކު ނަގައިފިއެވެ.

އަދި ނަމެއް ދީފައި ނުވާ މި ފިލްއަށް ވަގުތީ ގޮތުންAS-03 ވަނީ ކިޔައިފައިއެވެ. މިހާރު ޓީޒާއެއްވެސް ދައްކައިލައިފާވާ ފިލްްމގެ ބަތަލާއަކަށް ނަގައިފައިވަނީ ގިނަ ބިއުޓީ ކޮންޓެސްޓް ތަކުގައި ބައިވެރިވެފައިވާ ޝުޝްރީ މިޝްރާއެވެ.

އާޔުޝް އޭނާގެ އިންސްތްގާރާމް އެކައުންޓުގައި ވަނީ ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯއެއް އާންމު ކޮށް އޭނާގެ ކުރިއަށް އޮތް ފިލްމްގެ ބަތަލާ ތައާރަފް ކޮށްދީފައިއެވެ.

 

View this post on Instagram

 

A post shared by Aayush Sharma (@aaysharma)

ރަވީ ވަރްމާ އާއި އިމްރާން ސަރްދާރިޔާ ޑައިރެކްޓްކޮށް ނެރޭ AS-03 ގައި އަޔުޝް ފެނިގެންދާނެ ގޮތް ވަނީ މި ޓީޒާގައި ދައްކައިލައިފައިއެވެ. މި އެކްޝަން-އެޑްވެންޗާ ފިލްމުގެ ޓިޒާގައި ފެންނަނީ ބޯކޮށް ވާރޭ ވެހޭ ރެއެއްގައި ޖަންގައްޔެއްގެ ތެރޭގައި އާޔުޝްއާ ކުރިމަތިލި މީހަކަށް އޭނާ ކަނޑިން ހަމަލާދޭ މަންޒަރެވެ.

 

View this post on Instagram

 

A post shared by Aayush Sharma (@aaysharma)

 

ސަލްމާންގެ ހަގު އަންހެން ކޮއްކޮ އަރްޕިތާ ޚާންގެ ފިރިމީހާ އާޔޫޝް ބޮލީވުޑަށް ނުކުތީ ސަލްމާން ޕްރޮޑިއުސްކުރި 2018 ގެ "ލަވްޔާތުރީ" އިންނެވެ. އޭނާގެ ދެވަނަ ފިލްމް އަކީ ސަލްމާން އާއި އެކުގައި ފެނިގެންދިއަ ފިލްމް  "އަންތިމް: ދަ ފައިނަލް ޓުރުތު" އެވެ. މިހާރު އޭނާ އަންނަނީ "ކްވަތާ" ކިޔާ ފިލްމްއެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.