މަޝްހޫރު ތަރި އަދި އޭނާގެ ފުރަތަމަ ފިލްމު "ޖާނޭ ތޫ ޔާ ޖާނޭނާ" އިނަ ބޮޑު ތަރުހީބެއް ހޯދާފައިވާ އެކްޓަރު އިމްރާން ޚާން އެކްޓިންގެ ދާއިރާއާއި ދުރަށް ދިޔަ ކަމަށް ދެކެވޭ ވާހަކަ އާއި ގުޅޭގޮތުން އޭނާގެ އަންހެނުންގެ ބައްޕަ ވާހަކަ ދައްކައިފިއެވެ.
އިމްރާން ޚާންގެ އަންހެނުން އަވަންތިކާގެ ބައްޕަ ރަންޖީވް މަލިކް ބުނީ އިމްރާން ފިލްމުކުޅުން ހުއްޓާލުމުގެ ނިންމުމަކީ އިމްރާންގެ އަމިއްލަ ނިންމުމެއް ކަމަށާއި އޭނާގެ ދަރިފުޅު އަވަންތިކާ އަބަދުވެސް ބޭނުންވީ އިމްރާން ފިލްމު ކުޅުމުގެ ދާއިރާއިން ކުރިއަށްދާން ކަމަށެވެ. އަދި އެ ނިންމުމުގައި އަވަންތިކާގެ ވެސް ނޫނީ އެ އާއިލާގެ ވެސް އެއްވެސް ނުފޫޒެއް ނެތް ކަމަށް އޭނާ ބުންޏެވެ.
އިމްރާން އޭނާގެ އަންހެނުން އަވަންތިކާ އާ ދެމެދު ޖެހުނު މައްސައަކަށްފަހު 2019 ވަނަ އަހަރުން ފެށިގެން އެ ދެމީހުން ދިރިއުޅެމުން އަންނަނީ ވަކިން ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެ ދެމީހުން ވަރި ވެފައެއް ނުވެއެވެ.
އިމްރާން ފިލްމުކުޅުން ހުއްޓާލި ޙަބަރު ފުރަތަމަ ދީފައިވަނީ އޭނަގެ ގާތް ރަޙުމަތްތެރިއެއްކަމަށްވާ އަކްޝޭ އޮބްރޯއީ އެވެ. އަކްޝޭ އޮބެރޯއީ ބުނީ، އިމްރާން ފިލްމު ކުޅުން ހުއްޓާލި ކަމުގައި ވިޔަސް އޭނާއަކީ މޮޅު ލިޔުންތެރިއެއް ކަމާއި ޑައިރެކްޓް ކުރުމުގެ ހުނަރުވެސް އޭނާގެ އެބަހުރި ކަމަށެވެ. އަދި ވަރަށް އަވަހަށް އިމްރާން ފިލްމު ޑައިރެކްޓު ކުރަން ފަށާނެ ކަމަށް ބެލެވުނު ނަމަވެސް ސީދާ ވަކި ދުވަހެއް ބުނަން ނޭނގޭ ކަމަށް އަކްޝޭ ބުންޏެވެ.
މިކަމާ ގުޅޭގޮތުން އިމްރާންގެ ބަފައިބެ ބުނީ އިމްރާން ފިލްމު ސްކޫލަށް ދާން ފެށި އިރުވެސް އެކްޓިންގ އަށް ވުރެ ބޮޑަށް ޑައިރެކް ކުރުމަށް ޝައުގުވެރިކަން ހުރި ކަމަށެވެ. "އޭނާ އެކަމަށް އެ މަސައްކަތް ކުރަނީ އޭނާ އެކަން ކުރާނެ" އިމްރާންގެ ބަފައިބެ ރަންޖީވް މަލިކް ބުންޏެވެ.
އިމްރާންގެ މާ ދިގުނޫން އެކްޓިންގ ކެރިއަރގައި އޭނާ ވަނީ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައެވެ. އޭގެ ތެރޭގައި "ޖާނޭ ތޫ ޔާ ޖާނޭނާ"، "ޑެއްލީ ބެލީ"، "އައި ހޭޓް ލަވް ސްޓޯރީ"، "އެކްމޭ އޯރް އެކްތޫ" އަދި "މެރޭ ބްރަދާކި ދުލްހަން" ފަދަ ފިލްމުތައް ހިމެނެއެވެ.