އަބުދުالله ރަޝީދު ނިޔާވެފައިވަނީ, ފުލުހުންގެ ހައްޔަރުގައި ހުއްޓާ, މެއަށް ތަދުވާކަމުގެ ޝަކުވާ ކުރަމުންދާ އެތައް އިރެއް ވީފަހުން

ޕީޖީން އެދުނީ ރަޝީދުގެ ޕޯސްޓްމޯޓަމް މިމަހު 31ގައި ހެދުމަށް، އާއިލާ އިން ދެކޮޅު

ޕީޖީން އެދުނީ ރަޝީދުގެ ޕޯސްޓްމޯޓަމް މިމަހު 31ގައި ހެދުމަށް، އާއިލާ އިން ދެކޮޅު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި ރަޝީދުގެ މަރާއި ގުޅިގެން ނޭޝަނަލް އިންޓަރ ގްރިޓީ ކޮމިޝަން (އެންއައިސީ)ން ހަދަން ނިންމާފައިވާ ޕޯސްޓްމޯޓަމް މިމަހުގެ 31 ގެ ކުރިން ހަދަން ބޭނުންވާކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.

ނޭޝަނަލް އިންޓަރ ގްރިޓީ ކޮމިޝަން (އެންއައިސީ)ން ރަޝީދުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމުމާއި ގުޅިގެން އާއިލާގެ ފަރާތުން ވަނީ މިމައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. މިއަދު ބޭއްވި އަޑުއެހުމުގައި ރަޝީދުގެ ޢާއިލާގެ ފަރާތުން ވަކާލާތު ކުރެެއްވި ވަކީލުން ވިދާޅުވީ މިއަދުގެ އަޑު އެހުމުގައި ޕީޖީ އޮފީހުން މިމައްސަލައިގެ ތެރެއަށް ތަދައްޚުލް ވެފައިވާކަމަށެވެ.

ޕީޖީ އޮފީހުން އެދުނީ މަރުވެފައިވާ ރަޝީދުގެ ޕޯސްޓްމޯޓަމް މިމަހުގެ 31 ވަނަ ދުވަހު ހެދުމަށް ރާއްޖެއިން ހަށިގަނޑު ފުރުވާލުމަށެވެ. ނަމަވެސް މިއަދުގެ އަޑު އެހުމާއި ހަމައަށްވެސް މިކަން އާއިލާއަށް އެނގިފައި ނުވާކަމަށް މިއަދުގެ އަޑުއެހުމުގައި ރަޝީދުގެ އާއިލާގެ ފަރާތުންވަނީ ބުނެފައެވެ.

ރަޝީދުގެ އާއިލާގެ ފަރާތުން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޤާނޫނީ ވަކީލް ޝަހުނީމް ވިދާޅުވީ ރަޝީދުގެ މަރުގައި އާއިލާއިން ސުވާލު ނޫފައްދާކަމަށެވެ. އާއިލާއިން ސުވާލު އުފައްދަނީ ރަޝީދު މަރުވުމުގެ ކުރިން ހިނގައިދިޔަ ކަންތަކާއި ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ރަޝީދު މެޔަށް ދަތުވެގެން އެތައް ފަހަރަކު އެހީއަށް އެދުމުންވެސް އޭނާއަށް އެހީ ނުދިނުމަކީ ފުލުހުންގެ އިހުމާލުކަމަށް އާއިލާއިން ދެކޭކަމަށެވެ.

ހާދިސާހިނގީ ފުލުހުންނަށް ވަސީލަތަކާއި، ވަގުތާއި، ހާލަތުވެސް އޮތް ތަނެއްގައި ކަމަށްވާއިރު ފުލުހުންނަށް އެކަށީގެންވާ ފަރުވާ ދިނުމަށް މަސައްކަތް ކުރިނަމަ އާއިލާގެ ޝަކުވާއެއް މިކަމުގައި ނޯންނާނެކަމަށް ޝަހުނީމް ވިދާޅުވިއެވެ. ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ހަށިގަނޑު ފުރުވާލަން ދައުލަތުން އެދުނު ނަމަވެސް އެކަން އެގޮތަށް ނުކުރުމަށް ތަކުރާރުކޮށް އާއިލާގެ ފަރާތުން ވަނީ މިއަދުގެ އަޑު އެހުމުގައިވެސް އެދިފައެވެ.

ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 97 ވަނަ މާއްދާގައި ބުނެފައިވަނީ އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ހިނގަމުންދާ ކުށުގެ ތަޙްޤީޤުގެ ބޭނުމަށް ކޯޓު އަމުރެއްގެ ދަށުން މައްޔިތެއްގެ ހަށިގަނޑުގެ ތަޙްލީލުކުރުމުގެ ނުވަތަ އޮޓޮޕްސީ ހެދުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ. އަދި މައްޔިތެއްގެ ވަޅުލާފައިވާ ހަށިގަނޑު ތަޙްލީލުކުރުމަށް ނުވަތަ އޮޓޮޕްސީ ހެދުމަށް ނެގުން މުހިންމުކަމަށް ފެނިގެން އެ ހަށިގަނޑު ނުވަތަ އެވަގުތަކު ފެންނަންއޮތް އެ ހަށިގަނޑުގެ ބައެއް ނުވަތަ ބައިތަކެއް ކޯޓު އަމުރެއްގެ ދަށުން ނެގުމުގެ ބާރު ފުލުހުންނަށް ލިބިގެންވާކަމަށެވެ.

ރަޝީދު ނިޔާވެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އޭނާގެ މެއަށް ތަދެއް އަރައި ސީޒަރގެ ޢަލާމާތްތަކެއް ފެނުމާއި ގުޅިގެން އޭނާ ގދ.މަޑަވެލި ސިއްޙީ މަރުކަޒަށް ގެންދިޔަ މަގުމަތީގައިކަމަށް ފުލުހުންވަނީ މީގެކުރިން ވިދާޅުވެފައެވެ. އަދި އޭނާ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް މަޑަވެލި ސިއްޙީ މަރުކަޒުން އޭނާ ބެއްލެވި ޑޮކްޓަރުންނާއި ޙަވާލާދީ ފުލުހުން އޭރުވަނީ ވިދާޅުވެފައެވެ.

އެންއައިސީގެ އިތުރުން މިމައްސަލަ ބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިންވެސް އަންނަނީ ޙަރަކާތްތެރިވަމުންނެވެ. މިމައްސަލައިގައި ފުލުހުންގެ އިހުމާލެއް ވާނަ މުވަތަ އަނިޔާވެރިވެފައިވާކަމަށް ތަޙުގީގަށް ސާބިތުވެއްޖެނަމަ މިމައްސަލައިގައި ހިމެނޭ ފުލުހުންނާއި މެދު ފިޔަވަޅު އަޅުއްވާނެކަމަށް ހޯމް މިނިސްޓަރ ޢިމްރާންވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

3 Responses

  1. ނުބައިނުލަފާ ބަޔަކު ގައުމަކައްފާވެއްޖެނަމަ ދެންވާނެ އެތި މިވަނީ ގާނޫނު އޮންނަނީ މިމީހުން ކަމެއް ކުރަންވީމާ މައްޔިތަކައް ވިޔަސް ހުރުމަތެއް ކަމެއް މިބައިމީހުންގެ ނެއް ޔާﷲ މިނުބައި ޖާހިލުންފަނަކުރައްވައި ފާދޭވެ އާމީން

  2. މަރުވީ ހާޓް އެޓޭކް ޖެހިގެން. ދެން ޕޯސްޓްމޯޓަމް ހަދަނީ ކޮން ހަޑިއެއް ހާވަން. އެބަ އެނގޭ ޑަކްޓަރަށް ނުދެއްކީ ގަސްތުގައި ކަންވެސް. ދެން އެކަމެއް ކުރި ބަޔަކަށް ފިޔަވަޅު އަޅާބަލަ. ހަށިގަނޑަށް އަދިވެސް އަނިޔާތޯ
    އިންޓަގްރިޓީ ކޮމިޝަން ގެ ފެންވަރު. ޕީ.ޖީގެ ފެންވަރު.

Leave a Reply

Your email address will not be published. Required fields are marked *