އާއިލާއިން ގަބޫލުނުވިޔަސް، އެންއައިސީން ނިންމީ ރަޝީދުގެ ޕޯސްޓްމޯޓަމް ހެދުމަށް

އާއިލާއިން ގަބޫލުނުވިޔަސް، އެންއައިސީން ނިންމީ ރަޝީދުގެ ޕޯސްޓްމޯޓަމް ހެދުމަށް

Author
މުޙައްމަދު ޝަޒައިމް
27 އޮކްޓޯބަރ 2022 10:13
0

ފުލުހުންގެ ބަންދުގައި ހުއްޓާ ނިޔާވި ރަޝިދުގެ ޕޯސްޓްމޯޓަމް ހެދުމަށް އާއިލާއިން ބޭނުންނުވި ނަމަވެސް ތަހުގީގުގެ ބޭނުމަށް ކަނޑައެޅިފައިވާ އިޖުރާއަތުގެ ތެރެއިން ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާކަމަށް ނޭޝަނަލް އިންޓަރ ގްރިޓީ ކޮމިޝަން (އެންއައިސީ)ން ނިންމައިފިއެވެ.

ރަޝީދުގެ މަރުގެ މައްސަލާގައި ކުރަމުންދާ ތަހުގީގާއި ގުޅޭގޮތުން އެންއައިސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުލުުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ގދ.ހޯޑެއްދޫ ސްވެން، ރަޝީދު މިމަހުގެ 25 ވަނަ ދުވަހު ނިޔާވި މައްސަލާގައި ފުލުހުންގެ އެއްވެސް އިހުމާލެއްވޭތޯ ބެލުމަށް ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަންގެ ޤާނޫނުގެ ދަށުން ކޮމިޝަނުން އިސްނަގައިގެން ޖިނާއީ ތަހުގީގް ކުރިއަށްދާކަމަށެވެ.

މިމައްސަލަ ތަހުގީގް ކުރަނީ ޖިނާއީ އިޖުރާތު ޤާނޫނުގެ 76 ވަނަ މާއްދާގެ (ށ)ގެ (2) ވަނަ ނަންބަރުގެ ދަށުން ފުލުހުންނާއި އެކީގައި ގުޅިގެން ހިންގާ ތަހުގީގެއްގެ ގޮތުގައިކަމަށް އިންޓަރ ގްރިޓީ ކޮމިޝަނުން ވަނީ ބުނެފައެވެ. މައްސަލައިގެ ތަހުގީގް ކުރިއަށްދާއިރު ތަހުގީގް ކުރުމުގައި ލީޑިން އިންސްޓިގޭޓަރުންގެ ދައުރު އަދާކުރާނީ ކޮމިޝަންގެ ފަރާތުން ކަމަށެވެ.

މިތަކުގީގުގައި ފުލުހުންގެ ޚިދުމަތުގެ މައިގަނޑު ދައުރަކީ ކޮމިޝަންގެ ތަހުގީގަށް އެއްބާރުލުން ދިނުންކަމަށް އެންއައިސީން ވަނީ ބުނެފައެވެ.

މިމައްސަލައަކީ އިންސާފަށް ވާސިލްވުމަށް މުހިންމު ކަމަކަށްވާތީ ތަޙުޤީގުގެ ބޭނުމަށް ކަނޑައެޅިފައިވާ އިޖުރާއަތުގެ ދަށުން ރަޝީދުގެ ޕޯސްޓް-މޯޓަމް ހެދުމަށް ނިންމާފައިވާކަމަށް އެންއައިސީން ވަނީ ބުނެފައެވެ.

އެންއައިސީން ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާއިރު، އާއިލާއިން ބުނެފައިވަނީ ޕޯސްޓްމޯޓަމް ހަދުމަށްފަހު ހަށިގަނޑާއި ހަވާލު ނުވާނެކަމަށެވެ. މިމަރާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، މިނިސްޓަރ އިމްރާން ވިދާޅުވެފައިވަނީ މިކަން ބަލައި އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބްރޯ
އާދޭސް ކުރިވަރެއް ނޭންގޭނޭ ތިކަން ކުރކޔަސް. މަރުވި ސަބަބު އެއޮތީ ފެންނަން. ޑްރާމާ ނުކުޅެބަލަ
ހ ހައިވަކަރު
ޢިމްރާނަށް ބެލޭނެ އެއްޗެއް ނޯންނާނެ : ހޯމް ނިނިސްޓަރީއަކީ ބިރުބޮޑު ނާމާން ކިއްލާއެއް. ޕޮލިހުންގެތެރޭ މިހާރު ގިނައީ މިނިކާ ސިންގާތަކެއްފަދަ ގޮތްނޭގޭ މައްކާރުން