މަޤާމަށްޓަކައި ހޯމް މިނިސްޓަރ ޝައިޚު އިމްރާން ދީނަށާއި، ޤައުމަށް ޣައްދާރު ނުވާނެކަމަށް ދީނީ އިލްމުވެރިޔާ އަދި ޝައިޚު އިމްރާންގެ އިކުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ޑރ.އިޔާޒު މިހެން ވިދާޅުވީ މަޤާމުގެ ދަހިވެތިކަމުގައި ކޮންމެފަދަކަމެއްވެސް ހޯމް މިނިސްޓަރ ޢިމްރާން ކުރައްވާފާނެކަމަށް ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެ ކުރެއްވި ޓުވީޓާއި ގުޅިގެންނެވެ. ޗާގޯސް މައްސަލާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިތުރުފުޅު ނުހައްދަވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ޢިމްރާން ވިދާޅުވެ ދެއްކެވި ވާހަތަކަށް ރައްދު ވެއްވައި ޝިޔާމް ވިދާޅުވެފައިވަނީ ކޮނޑުހުޅުން ނެއްޓޭވަރަށް ކަރުދާސްތަކެއް ހިއްޕަވައިގެން މޭޑޭގައިވެސް ހެތްކޭ ކިޔައި ގޮވިކަމަށާއި، ޑރ.އަފްރާޝީމް މަރާލުމުގައި ބައިވެރިވީ މިވެނި ބައެކޭވެސް ވިދާޅުވިކަމަށެވެ.
މަޖިލީހުގައި އެސުވާލު ކުރުމުން ވިދާޅުވީ ކަރުދާސްތައް ޕޮލިހުން އަތުލައިފިޔޭކަމަށް ވިދާޅުވެ ޢިމްރާނަށް ޝިޔާމް ފާޑުވިދާޅުވިއެވެ. އަދި މަޤާމުގެ ދަހިވެތިކަމުގައި ކޮންމެފަދަކަމެއްވެސް ކުރައްވަފާނެކަމަށްވެސް ތުހުމަތުކުރެއްވިއެވެ.
ޝިޔާމްގެ ވާހަކަތަކާއި ގުޅިގެން ޑރ.އިޔާޒު ވިދާޅުވީ ޝައިޚު އިމްރާނަކީ އަދާކުރައްވަމުންދާ މަޤާމުގެ ދަހިވަތި ކަމުގައި އަދި އެނޫންވެސް ސަބަބަކަށްޓަކައި، މާތްވެގެންވާ އިސްލާމް ދީނަށާއި، ޤައުމަށް ޣައްދާރުވާނެ ބޭފުޅެއް ނޫންކަމަށެވެ. ޝައިު އިމްރާނާއި ގުޅޭގޮތުން މިފަދަ ފިތުނަ ފަސާދަ ނޫފެއްދުމަށް ޑރ.އިޔާޒު ވަނީ ގޮވާލާފައެވެ.
މަޤާމުގެ ދަހިވެތިކަމުގައި، އަދި އެނޫންވެސް ސަބަބަކަށްޓަކައި، ދީނަށާއި ޤައުމަށް ޝައިޚު އިމްރާން ޣައްދާރު ނުވާނެ ކަމުގެ 100% ޔަޤީންކަން އެބައޮތް. ފިތުނަފަސާދަ އުފައްދަން ދޮގުފެތުރުން ހުއްޓާލާ.
– ޑރ.އިޔާޒު ޝިޔާމް ޓެގްކުރައްވައި ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
މަޤާމުގެ ދަހިވެތިކަމުގައި، އަދި އެނޫންވެސް ސަބަބަކަށްޓަކައި، ދީނަށާއި ޤައުމަށް @ShimranAb ޣައްދާރު ނުވާނެ ކަމުގެ 100% ޔަޤީންކަން އެބައޮތް. ފިތުނަފަސާދަ އުފައްދަން ދޮގުފެތުރުން ހުއްޓާލާ @Shiyamaldives https://t.co/umVaGk0qD7
— Dr.Mohamed Iyaz (@dr_iyaz) October 27, 2022
މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރ ޢިމްރާން ވިދާޅުވީ، ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ އިމުގެ މައްސަލާގައި ރައީސް ޞާލިޙް ހައްދަވަނީ ތެދު ކަމަށް ހެކިވެވަޑައިގަންނަވާކަމށެވެ. އިމްރާން ވިދާޅުވީ، މޮރިޝަސް އާއި ރާއްޖޭގެ އިމުގެ މައްސަލަ ހިނގަމުންދާ ގޮތް އެމަނިކުފާނަށް ވަރަށް ރަނގަޅަށް އެނގޭކަމާށެވެ.
ކޮމެންޓު ފޮނުވާ