އާޔޫޝްގެ ފިލްމުގެ ޓީޒާއެއް

އާޔޫޝްގެ ފިލްމުގެ ޓީޒާއެއް

Author
ފާތިމަތު ނާވީ
28 އޮކްޓޯބަރ 2022 09:36
0

ބޮލީވުޑްގެ ކުރި އަރަމުން އަންނަ ޒުވާން އެކްޓަރު، އަދި ސްޕަސްޓާރު ސަލްމާން ހާންގެ ޅިޔަނު އާޔޫޝް ޝަރުމާގެ ހަތަރު ވަނަ ފިލްމުގެ ޓީޒާއެއް ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.

މީގެ ކުރިން އޭނާ ފެނިގެން ނުދާފަދަ ތަފާތު ވަރުގަދަ ރޯލަކުން ފެނިގެންދާނެ މި ފިލްމަށް އަދި މިހާތަަށް ވަކި ނަމެއް ދީފައެއް ނުވެއެވެ. ފިލްމާގުޅޭ މާގިނަ ތަފްސީލް ތަކެއްވެސް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މީ އަޔުޝް ފެނިގެންދާނެ 3 ވަނަ ފިލްމްއެވެ. އަޔޫޝްގެ 32 ވަނަ އުފަންދުވަހާއި ދިމާކޮށް ފިލްމް ގެ ޓީޒާ އާންމު ކުރި ނަމަވެސް އަދިވެސް ފިލްމްގެ ނަން ވަނީ ސިއްތު ކުރެވިފައިއެވެ.

 

View this post on Instagram

 

A post shared by Aayush Sharma (@aaysharma)

ކޭކޭ ރާދާ މޯހަން ޕްރޮޑިއުސްކުރާ ފިލްމުގެ ޑައިރެކްޓަރަކީ ކަތިޔަޔާން ޝިވްޕޫރީ އެވެ. މި ފިލްމާ ބެހޭ ބޮޑު އިތުރު ތަފުސީލެއް ދީފައެއް ނުވެ އެވެ. އަޔުޝްގެ އިތުރުން ދެން ފިލްމުން ފެނިގެންދާނެ ތަރިންވެސް އަދި މިހާތަނަށް އިޢުލާންކޮށްފައެއް ނުވެއެވެ. ނަމަވެސް މިއީ އަންނަ އަހަރު ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް މަސައްކަތް ކުރާ ފިލްމެކެވެ.

އަޔުޝް ބޮލީވުޑަށް ނެރެދިނީ ސަލްމާންގެ ޕްރޮޑަކްޝަން ހައުސް އިން 2018 ވަނަ އަހަރު ގެނެސްދިން ފިލްމު "ލަވްޔާތުރީ" އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.