ޝިޔާމް ޢިމްރާނަށް: މަޤާމުގެ ދަހިވެތިކަމުގައި ކޮންމެފަދަކަމެއްވެސް ކުރައްވަފާނެ!

ޝިޔާމް ޢިމްރާނަށް: މަޤާމުގެ ދަހިވެތިކަމުގައި ކޮންމެފަދަކަމެއްވެސް ކުރައްވަފާނެ!

Author
މުޙައްމަދު ޖިމީ
27 އޮކްޓޯބަރ 2022 02:32
0

މަޤާމުގެ ދަހިވެތިކަމުގައި ކޮންމެފަދަކަމެއްވެސް ހޯމް މިނިސްޓަރ ޢިމްރާން ކުރައްވާފާނެކަމަށް ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިފަދައިން ވިދާލުވީ ޗާގޯސް މައްސަލާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިތުރުފުޅު ނުހައްދަވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ޢިމްރާން ރޭ ވިދާޅުވުމާއި ގުޅިގެންނެވެ.

އެކަމަށް ފާޑުވިދާޅުވެ މެންބަރު ޝިޔާމް ވިދާޅުވީ، ކޮނޑުހުޅުން ނެއްޓޭވަރަށް ކަރުދާސްތަކެއް ހިއްޕަވައިގެން މޭޑޭގައިވެސް ހެތްކޭ ކިޔައި ގޮވިކަމަށާއި، ޑރ.އަފްރާޝީމް މަރާލުމުގައި ބައިވެރިވީ މިވެނި ބައެކޭވެސް ވިދާޅުވިކަމަށެވެ. މަޖިލީހުގައި އެސުވާލު ކުރުމުން ވިދާޅުވީ ކަރުދާސްތައް ޕޮލިހުން އަތުލައިފިޔޭކަމަށް ވިދާޅުވެ ޢިމްރާނަށް ޝިޔާމް ފާޑުވިދާޅުވިއެވެ. އަދި މަޤާމުގެ ދަހިވެތިކަމުގައި ކޮންމެފަދަކަމެއްވެސް ކުރައްވަފާނެކަމަށްވެސް ތުހުމަތުކުރެއްވިއެވެ.

ޝިޔާމް މިހެން ވިދާޅުވެފައިވާއިރު، މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރ ޢިމްރާން ވިދާޅުވީ، ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ އިމުގެ މައްސަލާގައި ރައީސް ޞާލިޙް ހައްދަވަނީ ތެދު ކަމަށް ހެކިވެވަޑައިގަންނަވާކަމށެވެ. އިމްރާން ވިދާޅުވީ، މޮރިޝަސް އާއި ރާއްޖޭގެ އިމުގެ މައްސަލަ ހިނގަމުންދާ ގޮތް އެމަނިކުފާނަށް ވަރަށް ރަނގަޅަށް އެނގޭކަމާށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބޭބެ
ހެޔޮނުވާނެ ސިޔާމޫ ފެލިވަރު ތަރއްޤީ ކުރާށޭކިޔާ ފަސަރުކާރުން ކާލިލާރިގަނޑު ރައްޔިތުންނަށް ދީ! ކަލޭޤިޔާމަތްދުވަހުން އެރުފިޔާތަށް ދޭންޖެހޭނެ! އެކަކުދެވޭނެގޮތެއް ނޯންނެ އެދުވަހުން ކަލޭގެ ހުރިހާގުނަަވަން ހކިދޭނ! އެހެންމީހުނާނުބެހި ހުރެ ތިމާﷲ އަާްތަވްބާވެބަލަ! މުޅިދިވެހިރައްޔިތުންގެފަރާތުން ކަލޭއެހައްގު ކަނޑާނީކިހިނެއް! އަނގަނުގަޅަބަލަ ފަތަާްގިނަވާނީ!