ރަޝީދު ނިޔާވި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ ބައިވެރިވުން އޮވެގެން ނުވާނެ: މުހުތާޒް

ރަޝީދު ނިޔާވި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ ބައިވެރިވުން އޮވެގެން ނުވާނެ: މުހުތާޒް

Author
މުޙައްމަދު ޖިމީ
27 އޮކްޓޯބަރ 2022 09:23
0

ގދ.ހޯނޑެއްދޫއިން ހައްޔަރުކުރި އަބްދުﷲ ރަޝީދު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި މައްސަލައިގައި ހުގީގު ކުރުމުގައި ފުލުހުންގެ ބައިވެރިވުން އޮވެގެން ނުވާނެކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ. މުހުތާޒް މިހެން ވިދާޅުވެފައިމިވަނީ، ޢަބްދުﷲ ނިޔާވި މައްސަލާގައި ފުލުހުންނަށް ގިނަ ތުހުމަތުތަކެއް ކުރެވެމުން އަންނަނިކޮށެވެ.

މުހުތާޒް ވިދާޅުވީ، އަބްދުﷲ ރަޝީދު ނިޔާވި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ ބައިވެރިވުން އޮވެގެން ނުވާނެކަމަށެވެ. މީގެ ކުރީގައި ހިނގާފައިވާ ފުލުހުންނަށް ތުހުމަތު ކުރެވޭ މައްސަލަތައް ފުލުހުން އަމިއްލަޔަށް ތަހުގީގު ކުރުމުން އިންސާފަށް ވާސިލުވުމުގައި ބޮޑެތި ހުރަސްތައް ކުރިމަތިވެފައިވާކަމަށްވެސް މުހުތާޒް ވިދާޅުވިއެވެ.

އަބްދުﷲ ރަޝީދު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ އިއްޔެ ވަނީ ބޭރުކޮށްލާފައެވެ.

ބްދުﷲ ރަޝިދުގެ މަރުގެ މައްސަލާގައި ހޯމް މިނިސްތަރ ޢިމްރާން ވިދާޅުވެފައިވަނީ މިމައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާރޑްސްއިން ތަހުގީގު ކުރުމުގެ އިތުރުން ރައްޖޭގެ ކަމާގުޅުންހުރި އެހެން މުވައްސަސާތަކުންވެސް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން މިމައްސަލަ ބައްލަވާ ދެއްވުމަށް މިހާރު ދަންނަވާފައި ވާކަމުގައެވެ.

މީގެ އިތުރުންވެސް އިމްރާން ވިދާޅުވެފައިވަނީ މި މައްސަލާގައި ފުލުހުން އިހުމާލު ވެފައިވާކަމަށް ނުވަތަ އަނިޔާވެރި އަމަލެއް ހިންގާފައިވާކަމަށް ތަހުގީގަށް ސާބިތު ވެއްޖެނަމަ އެކަމަކާއި ގުޅިގެން އަޅާންޖެހޭ ފިވަޅެއް އެޅުމަށް ފަސް ނުޖެހޭނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.