މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައި، މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތު ކުރާ، އަދި މިހާރު ސުޕްރީމް ކޯޓުގައި ޝަރީއަތް ހިނގަމުންދާ އަރުޝަދު ހާލިދު ހައްޔަރުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ފުލުހުން އަރުޝަދު ހާލިދު ހައްޔަރު ކުރީ ރޭއިރާކޮޅުއެވެ. އަރުޝަދު ރޭ ހައްޔަރު ކުރިއިރު، އޭނާއާ ގުޅޭ 2 މައްސަލައެއް ސުޕްރީމް ކޯޓުގައި މިހާރު ހިނގަމުން އެބަދެއެވެ. އެ 2 މައްސަލައާ ގުޅިގެން އިއްޔެއާ މިއަދުވެސް ސުޕްރީމް ކޯޓުގައި އަރުޝަދުގެ މައްސަލަ ކުރިއަށް ދިޔައެވެ.
އަރުޝަދު އެން،މެ ފުތަމަ ހައްޔަރުކޮށްފައިވަނީ، ސްރީ ލަންކާއިން ދުބާއީއަށް ދިއުމުން، ދުބާއީއަށް އެތެރެވިޔަނުދީ އަނބުރާ ފޮނުވާލުމުންނެވެ. އޭނާ ހައްޔަރުކުރީ ރާއްޖެ އައުމުންކަމަށް އޭރު މަޢުލޫމާތު ލިބިފައިވެއެވެ. އެކަމާ ގުޅިގެން ފުލުހުން އޭރު ވިދާޅުވީ ހައިކޯޓުގެ ޢަމުރެއް ތަންފީޒްކުރުމަށްޓަކައި އަރުޝަދު އެވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށެވެ.
އެހެންނަމަވެސް ފުލުން އޭނާ އެއަށްފަހު ބަންދުން ދޫ ކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ ބަންދުން ދޫކޮށްލުމާއި ގުޅިގެން ޕީޖީ އޮފީހުން ވިދާޅުވީ، އަރުޝަދު ޚާލިދު ހައްޔަރުކޮށް، ބަންދުކޮށްގެން ކޯޓަށް ހާޟިރުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް އަމުރުކޮށްފައިވަނިކޮށް، 12 އޮކްޓޫބަރު 2022 ދުވަހުގެ 19:45އަށް އަރުޝަދު ޚާލިދު އެ ކޯޓަށް ޙާޟިރުކޮށްފައިވަނީ ހައްޔަރުން ދޫކޮށްލައި، އެކަމާ ގުޅޭ ލިޔުމެއް އޭނާއަށް ރައްދުކުރުމަށްފަހުގައި ކަމަށެވެ.
އަރުޝަދާއި އިތުރު ބައެއްގެ މައްޗަށް އެންމެ ފުރަތަމަ ދައުވާކުރީ، މިދިޔަ އަހަރުގެ ކުރީކޮޅު މާލޭގެ ބައެއް ގެތައް ފާސްކޮށް އަތުލައިގަތް 9 ކިލޯގެ މަސްތުވާތަކެއްޗާއި، 4.6 މިލިއަން ރުފިޔާ ފެނުނު މައްސަލާގައެވެ. އެ މައްސަލާގައި 8 މީހެއްގެ މައްޗަށް ދައުވާ ކުރިނަމަވެސް ކުށް ސާބިތުވީ ދެމީހެއްގެ މައްޗަށެވެ. އަދި އެ މައްސަލަ މިހާރުއޮތީ ހައި ކޯޓުގައެވެ.
ކޮމެންޓު ފޮނުވާ