ކައިވެންޏަށް ފަހު ފުރަތަމަ ދިވާލީ ފާހަގަ ކުރި ބޮލީވުޑް ތަރިން

ކައިވެންޏަށް ފަހު ފުރަތަމަ ދިވާލީ ފާހަގަ ކުރި ބޮލީވުޑް ތަރިން

Author
ފާތިމަތު ނާވީ
26 އޮކްޓޯބަރ 2022 01:50
0

އިންޑިއާގައި އެންމެ ކުލަގަދަކޮން ފާހަގަ ކުރާ އެއް ދުވަސް ކަމުގައިވާ ދިވާލީ ބޮލީވުޑްގެ ގިނަ ތަރިން އަންނަނީ ފާހަގަ ކުރަމުންނެވެ. މިއަހަރު އަލަށް ކައިވެނި ކުރި ބޮލީވުޑްގެ ގިނަ ތަރިންތަކެއް ކައިވެންޏަށްފަހު ފުރަތަމަ ފަހަރަށް ދިވާލީ ފާހަގަ ކުރާނެއެވެ.

މި ބަލާލަނީ ކައިވެނީގެ ފަހުން ފުރަތަމަ ދީވާލި ފާހަގަ ކުރި ތަރިންނަށެވެ. އެގޮތުން މި ލިސްޓްގެ އެންމެ ފުރަތަމަ މި ހިމަނާލަނީ މިއަހަރު އެޕްރިލް މަހުގެ 14 ވަނަ ދުވަހުގައި ކައިވެނި ކުރި އާލިއާ ބަޓް އާއި ރަންބީރު ކަޕޫރެވެ. އަލަތު ދަރިފުޅަށް ބަލިވެ އިން އާލިއާ އާއި ރަންބީރު ވަނީ އާއިލާ އާއެކުގައި ދިވާލީ ފާހަގަ ކޮށްފައެވެ.

 

View this post on Instagram

 

A post shared by neetu Kapoor. Fightingfyt (@neetu54)

ވިކީ ކޯޝަލް އާއި ކެޓްރީނާ ކައިފް ކައިވެނި ކުރީ މިދިއަ އަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. މިއީ އެދެތަރިން ކައިވެންޏަށް ފަހު އެކުގައި ފާހަގަ ކުރި ފުރަތަމަ ދިވާލީއެވެ.

 

View this post on Instagram

 

A post shared by Katrina Kaif (@katrinakaif)

ބޮލީވުޑްގެ ކުޅަދާނާ އެކްޓަރު ރާޖް ކުމާރު ރާއޯ އާއި ދުވަސްވީ ލޯބިވެރިޔާ ޕެޓްރެލޭކާ ކައިވެނި ކުރީ މިދިއަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. މިއީ މި ދެތަރިން ވެސް ކައިވެންޏަށްފަހު ފާހަގަ ކުރި ފުރަތަމަ ދިވާލީއެވެ.

 

View this post on Instagram

 

A post shared by RajKummar Rao (@rajkummar_rao)

މޯނީ ރޯއީ އަކީބޮލީވުޑްގައި އަރަމުން އަންނަ ކުޅަދާނާ ބަތަލާއެކެވެ. ޑްރާމާ ސިލްސިލާ ތަކުން އެކްޓިންގެ ކެރިއަރު ފެށި މޯނީ އެންމެ ފަހުން ފެނިގެން ދިއައީ "ބްރައްމަސްތުރާ" އިންނެވެ. މޯނީ އާއި ލޯބިވެރިޔާ ސޫރަޖް ނަމްބިއާ ކައިވެނި ކުރީ މިއަރުގެ ޖެނުއަރީ 27 ގައެވެ.

 

View this post on Instagram

 

A post shared by mon (@imouniroy)

އަންކިތާ ލޮކާންޑޭ އާއި ލޯބިވެރިޔާ ވިކީ ޖެއިން ކައިވެނި ކުރީ މިދިއަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. މިއީ ކައިވެނި ކުރި ފަހުން އަންކިތާ ފާހަގަ ކުރާ ފުރަތަމަ ދިވާލީއެވެ.

ސައުތުގެ މަޝްހޫރު ބަތަލާ ނަޔަންތަރާ އާއި ޕްރޮޑިއުސަރު ވިގްނޭޝް ކައިވެނި ކުރީ މިއަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ. ނަޔަންތަރާ އަންނަނީ އޭނާ ބޮލީވުޑަށް ތައާރަފް ވުމުގެ މަސައްކަތް ކުރަމުންނެވެ. އޭނާ ބޮލީވުޑަށް ތައާރަފް ވާނީ ޝާހުރުކް ޚާނާ އެކުގައި ފިލްމު "ޖަވާން" އިންނެވެ.

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)

މީގެ އިތުރުން ޓީވީ އިންޑަސްޓްރީގެ ބައެއް ތަރިންވެސް ވަނީ ކައިވެންޏަށް ފަހު މިއަހަރު ފުރަތަމަ ދިވާލީ ފާހަގަ ކޮށްފައެވެ. އެގޮތުން ޓީވީ ބަތަލާ އަދި "ކުންޑުލީ ބާގްޔާ" ގެ ބަތަލާ ޝްރައްދާ އަރިޔާން އާއި މާންސީ ސްރިވަސްތަވް ފަދަ ތަރިން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.