ރާއްޖޭގެ ބައެއް ގެއްލޭވަރުގެ ނިންމުމެއް ނިންމައިފި: އީވާ

ރާއްޖޭގެ ބައެއް ގެއްލޭވަރުގެ ނިންމުމެއް ނިންމައިފި: އީވާ

Author
މުޙައްމަދު ޖިމީ
24 އޮކްޓޯބަރ 2022 04:21
0

ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުން ބޮޑު ބައެއް ގެެއްލިދާނެފަދަ ބޮޑު ނިންމުމެއް ސަރުކާރުން ނިންމައިފިކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ ވިދާޅުވެއްޖެއެވެ.

ފޯޅަވައްސާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުށޫއަރާ މައްސަލާގައި ރާއްޖެއިން މޮރީޝަސްކޮޅަށް ވޯޓު ދިނުމުން ގިނަބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އޭގެ ތެރޭގައި މަޖިލީހުގެ އެމްޑީޕީ މެންބަރުންވެސް ހިމެނެއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށައެޅި ކުއްލި މައްސަލައަށް ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ނާއިބު ރައީސް އީވާ ވިދާޅުވީ، ދިވެހިސަރުކާރުން މި މައްސަލާގައި ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ފަސްގަނޑުން ނުވަތަ ލޮނުގަނޑުން ވިޔަސް ރާއްޖެއިން ބައެއް ގެއްލޭވަރުގެ ނިންމުމެއް ކަމަށެވެ. އީވާ ވަނީ  އެ ނިންމުން ނިންމުމުގައި ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯދާފައި ނުވާކަން ފާހަގަކުރައްވާ، ރައްޔިތުންނަށް އޭގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް ވިދާލުވެފައެވެ.

އަޅުގަނޑުމެން އަތުގައި އެބަ އޮތް މޮރިޝަސް އަތުގައި ނެތް އެއްޗެއްް ދޭން އެކިއުއިޑިސްޓެންސްއަށް ބަހާލި ކަމަށް ވިޔަސް އިއްޒަތްތެރި ރައީސް އެ ނިންމެނީ.

– އީވާ ވިދާޅުވިއެވެ.

އީވާ މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ފޯޅަވައްސާ ދެމެދު ކަނޑުގެ ސަރަހައްދުން ފުށާއަރާ ސަރައްދުގެ މައްސަލާގައި ރާއްޖޭއިން މޮރީޝަސްއަށް އެތަން ދޫކޮށްލަން ނިންމިކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަކުންނެވެ. އޭގެ ތެރޭގައި ޤާނޫނީ ވަކީލުންނާއި ސިޔާސީ އިސް ބައެއް ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.

ޗާގޯސް އައިލެންޑްސްގެ ކަނޑުގެ ސަރަހައްދަކާ ފުށޫއަރާ ކަމަށް ބުނެ ކަނޑުގެ ގާނޫނާ ބެހޭ ގާނޫނާބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖޭން ކަނޑުގެ ސަރަހައްދުގެ އެއްވެސް ބައެއް ދޫނުކުރާނެކަމަށާއި، ރާއްޖޭގެ ނިންމުން ބަދަލު ނުވާކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ. އަދި މި މައްސަލާގައި މޮރިޝަސްއަށްވެސް ދޫނުކުރާނެކަމަށް އޭޖީ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.