ގެއްލުނު ވިސާ ކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލައެއްގައި މީހަކު ހޯދަނީ

ގެއްލުނު ވިސާ ކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލައެއްގައި މީހަކު ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
23 އޮކްޓޯބަރ 2022 08:22
0

ގެއްލިގެން ހޯދަމުންދާ ވިސާ ކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ވީޑިއޯއާއިއެކު ހޯދަން ފުލުހުން އިއުލާންކޮށްފައިވާ މިމީހާއަކީ މަގުމައްޗަށް ގެއްލުނު ދަބަހެއްގެ ތެރޭގައި އޮތް ވިސާ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރުމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މާފަންނު ޕޮލިސް ސްޓޭޝަނުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދަން އިއުލާންކޮށްފައިވާ މީހެއްކަމަށް ވަނީ ބުނެފައެވެ.

ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ވަނީ އެދިފައެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ވަނީ ޝުކުރު އަދާކޮށްފައެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.