12 އަހަރުގެ ކުއްޖަކާ އެކީ ލޯބީގެ މަންޒަރެއް ކުޅެގެން ކަރަން ހޫނުފެނަށް

12 އަހަރުގެ ކުއްޖަކާ އެކީ ލޯބީގެ މަންޒަރެއް ކުޅެގެން ކަރަން ހޫނުފެނަށް

Author
ފާތިމަތު ނާވީ
24 އޮކްޓޯބަރ 2022 08:58
0

އުމުރުން އެންމެ 12 އަހަރުގެ ކުއްޖަކާ އެކުގައި ލޯބިގެ މަންޒަރެއް ކުޅެގެން، މަޝްހޫރު ޓީވީ އެކްޓަރު ކަަރަން ކުންދުރާއަށް ބެލުންތެރިގެން ނަފްރަތާ ފާޑުކިއުން އަމާޒުވެއްޖެއެވެ.

ރިވާ އަރޯރާ ނަމަކަށް ކިޔާ އެ ކުއްޖާ ވަނީ ބޮލީވުޑްގެ އެކްޓަރު، ވިކީ ކޯޝަލް ލީޑު ރޯލު ކުޅެފައިވާ ފިލްމު، "އޫރީ: ދަ ސާޖިކަލް ސްޓްރައިކް" ގައި ވެސް މަސައްކަތް ކޮށްފައެވެ. 2019 ވަނަ އަހަރު ރިލީޒް ކުރި އެ ފިލްމުގައި އެ ކުއްޖާ ބައިވެރިވިއިރު އުމުރަކީ އެންމެ ނުވަ އަހަރެވެ.

 

View this post on Instagram

 

A post shared by Riva Arora (@rivarora_)

މީގެ އިތުރުން ވެސް ބައެއް ފިލްމު ތަކުގައި އޭނާ ވަނީ ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި ފެނިގެން ގޮސްފައެވެ. އުމުރާއި ގުޅޭ ރޯލުތަކުން އޭނާ ކުރިން ފެނިގެންދިޔަ ނަމަވެސް މިފަހަރު ރިވާ ފެންނަނީ އުމުރާ ނުގުޅޭ މަންޒަރުތަކުންނެވެ.

އެކަމާ ވެސް ގިނަ ބަޔަކު އަންނަނީ ވާހަކަ ދައްކަމުންނެވެ. އަދި އެކުއްޖާގެ މައިން ބަފައިންނަށް ވެސް ގިނަ ތުހުމަތު ތަކެއް ވަނީ ކޮށްފައެވެ. ރިވާގެ މަންމަ އާއި ބައްޕަ އުފަލާއި އަރާމުގައި އުޅުމުގެ ބޭނުމުގައި އެ މީހުންގެ ކުޑަ ދަރިފުޅު ލައްވައި އެފަދަ ބޮޑެތި ރޯލުތައް ކުޅެގެން އާމްދަނީ ހޯދަނީ ކަމަށްވެސް ގިނަ ބަޔަކު އަންނަނީ ބުނެމުންނެވެ.

 

View this post on Instagram

 

A post shared by Riva Arora (@rivarora_)

38 އަހަރުގެ އެކްޓަރު ކަަރަން، އުމުރުން އެންމެ 12 އަހަރުގެ ކުއްޖަކާއި އެކުގައި މިފަދަ މަންޒަރެއް ކުޅުމުން ބެލުންތެރިންވަނީ އޭނާއަށް އެފަދަ މަންޒަރެއް ކުޅެން ކެރުނީ ތީވެސް އެކަމާ ސުވާލުކޮށްފައެވެ.

ރިވާގެ އުމުރަށްވުރެ މާދޮށީ މީހުންނާއި އެކުގައި އަބަދުވެސް ފެންނާތީ ވެސް ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. އަދި ރިވާ ވަނި އޭނާގެ އިންސްޓަގްރާމްގައި ލަވަކިއުންތެރިއާ މިކާ ސިންގް އާއި އެކުގައި ގައިގޯޅީ ވީޑިއޯއެއް އާންމުކޮށްފައެވެ.

"އޫރީ" ފިލްމުގައި ކުޑަކުއްޖެއްގެ ގޮތުގައި ފެނުނުތާ ތިން އަހަރު ފަހުން ރިވާގެ ހަށިގަނޑަށް އައިސްފައިވާ ބޮޑު ބަދަލާއެކު އެއީ ޕްލާސްޓިކް ސާޖަރީތައް ހަދައިގެން ގެނައި ބަދަލެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އަދި އޭނަގެ އިންސްޓަގްރާމަށް ބަލާލުމުނ ްވެސް ފެންނަނީ "ވަރަށް ޕޮޝް" އަދި "އެހާމެ ގްލެމަރަސް" ލައިފްސްޓައިލެއް ގެންގުޅޭ ތަނެވެ. މިއީ 12 އަހަރުގެ ކުއްޖެއްގެ މިޒާޖު ހުންނަން ޖެހޭ ގޮތަކަމަށް ގަބޫލު ނުކުރެވޭ ކަމަށް ގިނަ ބަޔަކު އެއްބަސް ވެއެވެ.

 

View this post on Instagram

 

A post shared by Riva Arora (@rivarora_)

ރިވާގެ އިންސްޓަގްރާމް ޕޭޖު ވެސް 8.4 މިލިއަން މީހުން ފޮލޯކުރެއެވެ. އެކަމަކު މިހާރު ރިވާ އަށް ވުރެ އެތައް އަހަރެއް ދޮށީ ސެލެބްރިޓީންނާއެކު މާ ގައިގޯޅި ވީޑިއޯތަކެއް އާންމުކުރަމުން ދިއުމާ އެކީ އެތައް ބައެއްގެ ފާޑުކިޔުން މިވަނީ އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.