ޔޫގެންޑާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ޕޮޕް ސްޓަރ ބޯބީ ވައިން

ޔޫގެންޑާގެ ރިޔާސީ ކެޑިޑޭޓް ކަފާލާތުގެ ދަށުން ދޫކޮށްލައިފި

ޔޫގެންޑާގެ ރިޔާސީ ކެޑިޑޭޓް ކަފާލާތުގެ ދަށުން ދޫކޮށްލައިފި

ޔޫގެންޑާގެ ރިޔާސީ ކެޑިޑޭޓު، ކޯވިޑް19 އާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާއި ޚިލާފުވެގެން ހައްޔަރު ކުރުމަށްފަހު ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ.

ޔޫގެންޑާގެ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ބޯބި ވައިން ކަފާލާތުގެ ދަށުން ދޫކޮށްލާފައި ވަނީ އޭނާ، ކޯވިޑް19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ އުސޫލުތަލާއި ޚިލާފްވެގެން ހައްޔަރު ކުރުމާއި ގުޅިގެން ހިގި ހަމަ ނުޖެހުންތަކުގައި 37 މީހަރު މަރުވެފައި ވަނިކޮށެވެ.

މީޑިއާތަކުން މައުލޫމާތު ދޭގޮތުގައި، ވައިންގެ މައްޗަށް ތުހުމަތު ކުރަނީ ގަސްތުގައި ކޯވިޑް19 ފަތުރަން މަސައްކަތްކުރި ކަމުގެ ތުހުމަތެވެ. އަދި ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އޭނާ އަލުން ކޯޓަށް ހާޒިރުވާން ޖެހެއެވެ.

އުމުރުން 38 އަހަރުގެ، ޕޮޕް ސްޓާރ ބޯބީ ވައިންގެ އަސްލު ނަމަކީ ރޮބަރޓް ކިޔަގުލަންޔީ އެވެ. ޔޫގެންޑާގެ ފުލުހުން އޭނާ ހައްޔަރު ކޮށްފައިވަނީ އަންނަ އަހަރުގެ ޖެނުއަރީމަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް، ބުދަ ދުވަހު ޔޫގެންޑާގެ އިރުމަތީ އަވަށްތަކުގައި އޭނާ ކެމްޕޭން ކުރަމުން ދަނިކޮށެވެ.

އޭނާގެ މައްޗަށް ތަހުގީގު ކުރެވުމުންދަނީ، ކޯވިޑް19 ފެތުރެމުންދާތީ މީހުން އެއްވުން މަނާކުރެވިފައި ވަނިކޮށް، ބޮޑެތި އެއްވުންތައް ބާއްވާފައިވާ މައްސަލާގައެވެ.

މިހަފްތާގެ ހުކުރުދުވަހު، ޔޫގެންޑާގެ އޮތޯރިޓީތަކުން ވަނީ، މުޒާހަރާތައް ހުއްޓުވުމަށްޓަކާ، ވެރިރަށް ކަމްޕަލާއާއި އަދި ވަށައިގެންވާ ސަރަހައްދުތަކަށް ފުލުހުން ނެރެފައެވެ. އަދި ފުލުހުންވަނީ އަތައް ސަތޭކަބަޔަކު ހައްޔަރުކޮށް، މުޒާހަރާކުރި މީހުން މައިތިރި ކުރުމަށްޓަކާ އަސްލު ވަޒަން ބޭނުންކޮށް، ކަރުނަ ގޭހާއި ފެންވެސް ބޭނުން ކޮށްފައެވެ.

ޔޫގެންޑާގެ ރިޔާސީ ކެޑިޑޭޓް ވައިންއަށް ތާއީދު ކުރާމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވެނީ

ފުލުހުން ބުނެފައިވާ ގޮތުގައި މުޒާހަރާ ކުރިމީހުން ހަޔަރު ކުރެވިފައިވަނީ ހަމަނުޖެހުންތަކުގައި ބައިވެރިވެ، އަދި ވައިންގެ ނޭޝަނަލް ޔުނިޓީ ޕްލެޓްފޯމަށް ތާއީދު ނުކުރާ ފަރާތްތަކަށް އަމާޒުކޮށް ހަމަލާ ދިނުމުގައި ބައިވެރި ވެފައިވާތީއެވެ.

42 މިލިއަން މީހުންގެ އާބާދީ އެއް އޮންނަ، ޔޫގެންޑާއިން ތައްޔާރުވަމުން ދަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު، އެގައުމުގައި ރިޔާސީ އިންތިޚާބާއި އަދި ޕާލަމެންޓްރީ އިންތިޚާބު ބޭއްވުމަށެވެ. މިއިންތިޚާބުގައި ވާދަކުރާ ވައިން ބެލެވެނީ އެގައުމުގައި ދިގުމުއްދަތެއް ވަންދެން ވެރިކަން ކުރަމުންދާ އުމުރުން 76 އަހަރުގެ މިހާރުގެ ރައީސް ޔުވެއިރީ މުސެވެނީއަށް ކުރިމަތިވާ ގޮންޖެހުމަކަށެވެ. ޔުވެއިރީ މުސެވެނީއަށް މިއިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ، އޭނާގެ ވެރިކަން ޔޫގެންޑާގައި 40 އަހަރަށް ދެމިގެންދާނެއެވެ.

ވައިންއަށް ޔޫގެންޑާގެ ގިނަ އަދަދެއްގެ ޒުވާނުން ދަނީ ތާއީދު ކުރަމުންނެވެ. ގިނަ ޒުވާނުން އޭނާއަށް ތާއީދު ކުރަނީ، ޚާއްސަކޮށް އޭނާގެ ލަވަތަކުން ޔޫގެންޑާގެ ސަރުކާރަށް ކިޔަމުންދާ ފާޑުކިޔުންތަކުގެ ސަބަބުންކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޔޫގެންޑާގެ ސަރުކާރުން ވަނީ ކޯވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކާ، އެގައުމުގައި 200 އަށްވުރެ ގިނަ މީހުންގެ އެއްވުންތައް ބޭއްވުން މަނާކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *