އަމީންގެ ރައްދު އަދުރޭއަށް: ޤާސިމް މުއްސަދިވީ ވައްކަމާއި އޮޅުވާލުމާއި ކޮރަޕްޝަންގެ ތެރެއިން ނޫން

އަމީންގެ ރައްދު އަދުރޭއަށް: ޤާސިމް މުއްސަދިވީ ވައްކަމާއި އޮޅުވާލުމާއި ކޮރަޕްޝަންގެ ތެރެއިން ނޫން

Author
މުޙައްމަދު ޝަޒައިމް
20 އޮކްޓޯބަރ 2022 08:50
0

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް މުއްސަދި ވެފައިވަނީ ވައްކަމާއި އޮޅުވާލުމާއި ކޮރަޕްޝަންގެ ތެރެއިން ނޫންކަމަށް ވިދާޅުވެ ޖޭޕީގެ ނައިބު ލީޑަރ އަމީން އިބްރާހިމްގެ ހޫނު ރައްދެއް ޕީއެންސީގެ ރައީސް އަބްދުއްރަހީމަށް ދެއްވައިފިއެވެ.

ހއ. ދިއްދޫގައި އޮތް "ދިއްދޫވެސް ޕީޕީއެމް" ޖަލްސާގައި އަބްދުއްރަހީމް ވަނީ އެ ބޭފުޅުންނާއި އިދިކޮޅު ސިޔާސީ ލީޑަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ. ބައެއް ބޭފުޅުންނަށް އަމާޒު ކުރައްވާ ވަރަށް ހުތުރުކޮށްވެސް ފާޑުވިދާޅުވިއެވެ. ރާއްޖޭގައި މި ފަހުން އުފެދުނު އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމަށް އަމާޒު ކުރައްވާ ވިދާޅުވީ އެއީ ވިޔަފާރި ކުރައްވަން އެނގިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަަމަށާ ވިޔަފާރި ކުރައްވަނީ ރައްޔިތުންގެ ފައިސާއިން ކަމަށެވެ.

އަދުރޭގެ ވާހަކަތަކާއި ގުޅިގެން އަމީން ވިދާޅުވީ ޤާސިމަކީ އަމިއްލަ ބުރަ މަސައްކަތުން މުއްސަދިކަން ހޯދައި އޭގެ މަންފާ އެތައް ބަޔަކަށް ހޭދަކޮށް ދެއްވި ބޭފުޅެއްކަމަށެވެ. އެމަނިކުފާނަށް ލިބިވަޑައިގެންވެި މުއްސަދިކަމަކީ އޭގެ މަންފާ އެހެން މީހުންނަށް ކުރާނޭގޮތަކަށް ކަންކަން ބައްޓަން ކުރެއްވި ދީލަތި ބޭފުޅެއްކަމަށް އަމީން ވިދާޅުވިއެވެ. އަދި މިފަދަ ވާހަކަތައް ދައްކަވާ ބޭފުޅުންގެ ކިބައިން އާންމު ރައްޔިތުންނަށް ދިއްކޮށްލީ ކޯއްޗެއްތޯ އަމީން ވަނީ ސުވާލު އުފައްދަވާފައެވެ.

އޮނަރަބަލް ޤާސިމް އިބްރާހިމަކީ ބުރަ މަސައްކަތުން ވިޔަފާރި ކޮޅަށް ޖައްސަވައި އޭގެ ނަފާ ބޭނުން ޖެހިފައިވާ މީހުންނަށް ދެއްވައި އުންމީދު ގެނެސްދެއްވާ ބޭފުޅެއް. މުޅި ރައްޔިތުންގެ ފައިސާއިން ނަހަމަ މުއްސަދިކަން ހޯދުމުން ދިޔަ މީހުން ނަފުރަތާއި ފިތުނަ ފިޔަވައި ރައްޔިތުންނަށްޓަކައި ދިއްކޮށްލި އެއްޗެއް ކޮބައޮތޯ؟

– އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ބައެއް ބޭފުޅުންގެ ސިޔާސީ މަސައްކަތަކީ ޕާޓީގެ ރައީސް ރުއްސަން އެހެން ބޭފުޅުންގެ އަގު ވައްޓާލާ ކަރާމަތް ނަގާލާ ދޮގު ނުވަތަ ހަޑިހުތުރު ބަސްތައް ގޮވުން ކަމަށެވެ. އަދި މުޅި ޢުމުރު ރައްޔިތުންގެ ފައިސާއިން ނަހަމަ މުއްސަނދިކަން ހޯދަމުންދިޔަ މީހުން ނަފްރަތާއި ފިތުނަ ފިޔަވައި ރައްޔިތަކަށް ދިއްކޮށްލި އެއްޗެއް ކޮބައިތޯ އަމީން ވަނީ ސުވާލުކުރައްވާފައެވެ. އަމީން ވިދާޅުވީ، އެހެން މީހުންވެސް ފައިސާ ހޯދަނީ އެގޮތަށް ވައްކަމާއި އޮޅުވާލުމާއި ކޮރަޕްޝަންގެ ތެރެއިން ކަމަށް ހީކުރުން ގޯސް ކަމަށެވެ.

ބައެއް މީހުން ސިޔާސީ މަސައްކަތަކީ ޕާޓީ ރައީސް ރުއްސަން އެހެން މީހުންގެ އަގު ވައްޓާލައި ކަރާމާތް ނަގާލުމަށް ލެއްވިހާ ދޮގުތަކާއި ހަޑިހުތުރު ބަސްތައް ގޮވުން. އެފަދަ މީހުންނަށް ހީވަނީ އެހެން އެންމެންވެސް ފައިސާ ހޯދަނީ އޭނަ ކަންކުރާ ގޮތަށް ވައްކަމާއި އޮޅުވާލުމާއި ކޮރަޕްޝަންގެ ތެރެއިންކަމަށް.

– އަމީން އިބްރާހިމް ވިދާޅުވިއެވެ.

ޤާސިމަކީ ރާއްޖޭގެ ދަތުރުވެރިކަން ކޮޅަށް ޖެހުމުގައިވެސް އިސްދައުރެއް އަދާ ކުރެއްވި ބޭފުޅެކެވެ. އަދި ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ ތައުލީމީ ދާއިރާއާއި، އިޖުތިމާއީ ދާއިރާއަށްވެސް ބޮޑެތި ހޭދަތަކެއް ކުރައްވާ ބޭފުޅެކެވެ. ޤާސިމަށް ފާދުކިޔުންތައް އަމާޒުވާން ފަށާފައިވަނީ ސިޔާސީ މަސައްކަތަށް ނިކުންނެވި ހިސާބުންނެވެ. ނަމަވެސް ޤާސިމް ދާދި ފަހުންވެސް ވިދާޅުވެފައިވަނީ އޭނާއަކީ ސިޔާސީ ބޭފުޅެއް ނޫންކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލީ ރަށީދު ދެކުނު ތިލަ
ގާސިމަކީވެސް މިގައުމައް ޖެހިފައިވާ ބަލާވެރި ކަމެއް ތިކަލޭގެ ހަލާކު ކުރްވައި ފާ ދޭވެ އާމީން