"އިންޑިއާ އައުޓް" ބެނާރ މައްސަލަ ސިވިލް ކޯޓުން ބޭރު ކޮށްލައި

"އިންޑިއާ އައުޓް" ބެނާރ މައްސަލަ ސިވިލް ކޯޓުން ބޭރު ކޮށްލައި

Author
ހުސެއިން
19 އޮކްޓޯބަރ 2022 06:38
0

ކުރީގެ ރައީސް ޔާމިންގެ ގެކޮޅު ހ. ދޫވެހި ގޭގައި ދަމާފައިހުރި އިންޑިއާ އައުޓު ބެނާގެ މައްސަލާގައި ހައިކޯޓުން ގޮތެއް ނިންމާފައިވާތީ، ސިވިލް ކޯޓުގައި އެމައްސަލަ ކުރިޔަށް ނުގެންދެވޭނެކަމަށް ނިންމާ، ސިވިލް ކޯޓުން މައްސަލަ ބޭރު ކޮށްލައިފިއެވެ.

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން އިސްނަގައިގެން ކުރިޔަށް ގެންދިޔަ "އިންޑިއާ އައުޓު" ހަރަކާތުގެ ދަށުން ރައީސް ޔާމިންގެ ގެކޮޅުގައި ހަރުކުރި އިންޑިއާ އައުޓު ބޮޑު ބެނަރ ފުލުހުން ނަގާފައިވަނީ ފާއިތުވެދިޔަ އެޕްރިލްމަހުއެވެ. އެ ބެނަރ ފުލުހުން ނަގާފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

އެހެންނަމަވެސް އިދިކޮޅުން އެމައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުންވަނީ ޖިނާއީ ކޯޓުން ބެނަރ ނެގުމަށް ނެރެފައިވަނީ ގާނޫނާ ޚިލާފު އަމުރެއްކަމަށް ނިންމާ އެ އަމުރު ބާތިލް ކޮށްފައެވެ.

މިމައްސަލާގައި ރައީސް ޔާމިންގެ ފަރާޔުން ހުށަހެޅުއްވި ދައުވާގައި ވިދާޅުވެފައިވަނީ، ފުލުހުން ގާނޫނާ ޚިލާފަށް އަދި ގާނޫނުލް އުގޫބާތާވެސް ޚިލާފަށް ބެނަރ ނެގުމާއި ގުޅިގެން އެމަނިކްފާނަށް ގާނޫނު އަސާސީގެ 21 ވަނަ މާއްދާއިން ލިބޭ އަމިއްލަ މިނިވަންކަމުގެ ހައްގު ގެއްލިފައިވާ ކަމުގައެވެ.

މިމައްސަލާގައި ސިވިލް ކޯޓުން މަސައްލަ ބޭރު ކޮށްފައިވަނީ، މިމައްސަލައަކީ ހައިކޯޓުން ގޮތެއް ނިންމާފައިވާ މައްސަލައަކަށް ވާތީއާއި، ސިވިލް ކޯޓަށް ޔާމިން ހުށަހެޅުއްވި މައްސަލާގައި މަދަނީ ބަދަލެއް ނަގައިދިނުމަށްވެސް އަދި ލިބިވަޑައިގެންނެވި މަދަނީ ގެއްލުމުގެ ވާހަކަވެސް ހިމަނުއްވާފައި ނުވާތީއެވެ.

އެހެންކަމުން ފުލުހުންގެ މައްޗަށް ހުށަޙަޅާފައިވާ މިމައްސަލަ ކުރިޔަށް ގެންދާނެ ތަނެއް ނެތްކަމަށް ނިންމާ ސިވިލް ކޯޓުން ވަނީ މައްސަލަ ބޭރު ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.