އަރުޖުންގެ ލޯބިވެރިޔާ ބޮލީވުޑަށް

އަރުޖުންގެ ލޯބިވެރިޔާ ބޮލީވުޑަށް

Author
ފާތިމަތު ނާވީ
20 އޮކްޓޯބަރ 2022 07:46
0

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަރުޖުން ރާމްޕަލްގެ ކުރިއަށް އޮތް ފިލްމްގެ ރޯލަކަށް އޭނާގެ ލޯބިވެރިޔާ، ދެކުނު އެފްރިކާގެ މޮޑެލް ގެބްރިއެލް ޑިމިޓްރިއޭޑްސް ސޮއިކޮށްފިއެވެ.

2018 ވަނަ އަހަރުއްސުރެ އެކުގައި އުޅެމުން އަންނަ މި ދެމީހުން އަދި ކައިވެންޏެއް ނުކުރެއެވެ. ނަމަވެސް ދެމީހުންނަށް ވަނީ 2019 ވަނަ އަހަރުގައި ދަރިއަކު ވެސް ލިބިފައެވެ.

 

View this post on Instagram

 

A post shared by @rampal72

އަރްޖުންއާ އެކުގައި އިންޑިއާގައި އުޅެމުން އަންނަ ގެބްރިއެލް ބޮލިވުޑްއަށް ތައާރަފް ވުމުގެ މަސައްކަތް ކުރަމުން އަންނައިރު މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނަގެ ފުރަތަމަ ފިލްމަކީ އަރުޖުން ލީޑް ބަތަލުގެ ރޯލު ކުޅޭ "ޕްރޮޖެކްޓް ލަވް" އެވެ.

 

View this post on Instagram

 

A post shared by Mahima Makwana (@mahima_makwana)

މީގެ ކާސްޓްގައި މިދިޔަ އަހަރު ރިލީޒްކުރި "އަންތިމް: ދަ ފައިނަލް ޓުރުތު" ގެ ރޯލެއް ކުޅުނު މަހީމާ މަކްވާނާ އާއި "ޕިޔާރު ކާ ޕަންޗްނާމާ" ގެ ރޯލެއް ކުޅުނު އޯމްކާރް ކަޕޫރް ވެސް ހިމެނެއެވެ.

 

View this post on Instagram

 

A post shared by Omkar Kapoor (@omkarkapoor)

މި ފިލްމުގެ ޝޫޓިން ހުކުރު ދުވަހު ލަންޑަންގައި ފަށައި ދެ މަހުގެ ތެރޭގައި މަސައްކަތް ނިންމައިލާގޮތަށް ޕްލޭންކޮށްފައި ވާއިރު ފިލްމުގެ ޑައިރެކްޓަރަކީ ބަލްޖީތު ސިންގް މަރުވާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.