ރާއްޖޭގެ ރައީސްކަން ކޮށްފައިވާ ބޭފުލަކު ބޯހަމަނުޖެހޭ ވާހަކަ ދައްކާތީ ހައިރާންވެވަޑައިގަންނަވާކަމަށް އަދާލަތު ޕާޓިގެ ރައީސް އަދި ހޯމް މިނިސޓަަރ އިމްރާން ވިދާޅުވެއްޖެއެވެ. އިމްރާން މިހެން ވިދާލުވީ، ރައީސް ޔާމީންގެ ޝަރީޢަތްތަކަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓަފް އަދި އަދާލަތު ޕާޓިގެ ޢަލީ ޒާހިރު ނުފޯޒް ފޯރުވާކަމަށް ވިދާޅުވުމާއި ގުޅިގެން ދެއްވި ރައްދުގައެވެ.
ރައީސް ޔާމީން ހއ.އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ އަދާލަތު ޕާޓީގެ ޢަލީ ޒާހިރު އެމަނިކުފާނުގެ ޝަރީޢަތް ހިނގަމުންދާގޮތް އިރުއިރުކޮޅާ ބަލަން ޖެހެނީ ކީއްވެތޯ ސުވާލު އުފެދޭކަމަށެވެ. ރައީސް ޔާމީންގެ އެ ވާހަކަފުޅަށް ރައްދު ދެއްވައި ޢަލީ ޒާހިރު ވިދާޅުވީ، ރައީސް ޔާމީނާމެދު އެއްވެސް ޝަޢުގުވެރިކަމެއް އަދި ޝަރީޢަތްތަކާމެދުވެސް އެއްވެސް ޝަޢުގެއް ނެތްކަމަށެވެ.
ރައީސް ޔާމީންގެ އެ ވާހަކަފުލަށް ރައްދު ދެއްވަމުން އަދާލަތު ޕާޓިގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ، ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކު ކުޑަކުދިން ދައްކާކަހަލަ ބޯހަމަނުޖެހޭ ވާހަކަ ދައްކާތީ ހައިރާންވެވަޑައިގަންނަވާކަަމަށެވެ.
Raajjeyge Raeeskan kurehvi beyfulhaku kudakudhin dhakkaa kahala boa hama nujehey vaahaka dhakkathee hama hairaan vey. https://t.co/7adVLpDuAG
— Imran Abdulla (@ShimranAb) October 17, 2022
ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު މީގެ ކުރިންވެސް ކޯޓުތަކުގެ ޝަރީޢަތްތަކަށް ނުފޫޒް ފޯރުވާކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް ޢަލީ ޒާހިރު ވަނީ އެކަންކަން ދޮގުކޮށްފައެވެ.
ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ޝަރީޢަތް ހިނގަމުންނެވެ. ވ. އާރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ތުހުމަތުގައި ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑަރކުރުމާއި ރިޝްވަތު ޤަބޫލުކުރިކަމުގެ ކުށުގެ ދައުވާއެވެ.
ކޮމެންޓު ފޮނުވާ