ހެންވޭރުގައި ހުރި ގޯޑައުންއެއްގައި އަލިފާނުގެ ހާދިސާއެއް ހިގައިފި

ހެންވޭރުގައި ހުރި ގޯޑައުންއެއްގައި އަލިފާނުގެ ހާދިސާއެއް ހިގައިފި

ހެންވޭރު ބުރެވި މަގުގައި ހުރި ގޯޑައުން އިމާރާތެއްގައި މިއަދު މެންދުރުގެ ވަގުތެއްގައި އަލިފާނުގެ ހާދިސާއެއް ހިގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ގޯޑައުންއަކީ ހެންވޭރު ދަރަސްހަވާ ގޭގައި ހަދާފައިވާ ގޯޑައުންއެކެވެ. އަދި މި ގޯޑައުންގައި މަސައްކަތް ކުރަމުންދަނީ ބަންގްލަދޭޝް މީހުންކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

އެމްއެންޑީއެފްއިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ހ.އަންދަރަސްހަވާ ގޭގައި ރޯވި އަލިފާން، އެފްއާރުއެސްއިން ހަރަކާތްތެރިވެ 15:00 ހާއިރު ވަނީ ކޮންޓްރޯލް ކޮށްފައިވާ ކަމުގައެވެ. ގުދަނެއްގެ ގޮތުގައި ބޭނުންކުރާ އެ ތަނުގައި ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށްވެސް މި ޓޫވީޓުގައި ބުނެފައި ވެއެވެ.

އެހިސާބުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ޚަބަރު އޮންލައިނަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި އިމާރާތުން ދުން އަރަން ފެށިތާ މާގިނައިރެއް ނުވަނީ އަލިފާން ނިއްވާ ފަރާތްތަކުން މި ސަރަހައްދަވަނީ އައިސްފައެވެ.

މި ހާދިސާ ހިގަން މެދުވެރިވީ ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *