ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރު ނިންމާލައްވައި ރައީސް ރާއްޖެ ވަޑައިގެންފި

ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރު ނިންމާލައްވައި ރައީސް ރާއްޖެ ވަޑައިގެންފި

Author
މުޙައްމަދު ޝަޒައިމް
15 އޮކްޓޯބަރ 2022 11:04
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ރާއްޖެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގެ ތަފްސީލެއް ރައީސް އޮފީހަކުން ހާމައެއް ނުކުރައްވައެވެ. މިއީ އެމަނިކުފާނު މިއަހަރު ސިންގަޕޫރަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. ރައީސް ރާއްޖެ ވަޑައިގެންނެވުމަށްފަހު މާދަމާރޭ ދަނޑުވެރިންގެ ދުވަސް ފާހަގަ ކުރުމަށް ކާށިދޫގައި ބާއްވާ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ އަހަރު ތައިރޮއިޑްގެ ސާޖަރީއެއް ސިންގަޕޫރުން ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.