"އަޒްހާން އޮތީ ވަރަށް ބޮޑަށް ކުނިވެފަ، ފެންނަން ހުރީ ކަށިތައް"

"އަޒްހާން އޮތީ ވަރަށް ބޮޑަށް ކުނިވެފަ، ފެންނަން ހުރީ ކަށިތައް"

Author
މުޙައްމަދު ޝަޒައިމް
15 އޮކްޓޯބަރ 2022 02:16
0

ގެއްލިގެން ހޯދަމުންދިޔަ މުހައްމަދު އަޒުހާންގެ ހަށިގަނޑު ފެނުނުއިރު ކުނިވެ ކަށިތައް ފެންނަން ހުރި ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

އަޒްހާން ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ ސެޕްޓެމްބަރ 19 ވަނަ ދުވަހު އެވެ. ފުލުހުންނަށް ހަށިގަނޑު ފެނުނީ އޮކްޓޯބަރ މަހުގެ 02 ވަނަ ދުވަހުއެވެ. އަޒްހާން ގެއްލިގެން ހޯދަމުން އަންނަތާ ދެހަފްތާ ފަހުން އޭނާގެ ހަށިގަނޑު ފެނުނީ ހުޅުމާލޭ ވޯޓާ ޕާކް ހަދާ ސަރަހައްދު ކައިރީ ގަސްތަކުގެ ތެރެއިންނެވެ. އޭނާގެ ހަށިގަނޑު ފެނުނުއިރުވެސް ކުނިވެފައި އޮތުމުން، އޭނާ މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއާށް ހަށިގަނޑު ގެންދިޔައެވެ.

މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކ. މާލެ، ހ. ބޮނޑިކަނދޮޅުގެ، މުހައްމަދު އަޒުހާން (27އ) މަރާއި ގުޅޭ ގޮތުން ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ހެޑް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވީ އަޒްހާންގެ ކަށިތައް ކަމަށެވެ.

ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާ ލިބިފައިވާކަން ފާހަގަކުރައްވާ ބަޝީރު ވިދާޅުވީ އަޒްހާނަށް ބޮޑެތި އަނިޔާތަކެއް ލިބިފަ ނެތްކަން އެނގޭ ކަމަށެވެ. ބަޝީރު ވިދާޅުވީ ކާކުކަން ނޭނގޭ ވަރަށް އަޒުހާންގެ ހަށިގަނޑު ޑިކޮމްޕޮސްވެފައިވާ ކަމަށާއި ހަށިގަނޑު ފެނުނު ތަނުގައި އޮވެ ކުނިވީ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އަޒްހާން މަރުވީ މީހެއްގެ ފަރާތުންކަން މިވަގުތު އެނގެން ނެތް ކަމަށާއި އަޒްހާނުގެ މަރުގައި މީހެއްގެ ބައިވެރިވުން އޮތްތޯ އަދި މަރުވާން މެދުވެރިވި ސަބަބުން ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އަޒްހާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ގެންދިޔައީ މިމަހުގެ އަށްވަނަ ދުވަހުއެވެ.

އަޒްހާން އޮތް ސަރަހައްދު ބެލީ އެއީ އޭގެ ކުރިން ބަލާފައިވާ ސަރަހައްދަކަށް ނުވާތީ ކަމަށާއި، އޭނާގެ ހަށިގަނޑު އެ ސަރަހައްދުން ފެނުުނީ ކުރެވުނު މަސައްކަތުގެ ތެރެއިން ކަމަށް ބަޝީރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.