ހުޅުމާލެ ސްކޭޓް ޕާކް ސަރަޙައްދުގައި މަރުވައި އޮއްފައި ފެނުނުމުހައްމަދު އަޒްހާންގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިފައި ނުވާކަން ފުލުހުން ކަށަވަރުކޮށްދީފައެވެ.
ފުލުހުން ތަހުގީގް ކުރަމުންދާ މަރުގެ ތިން މައްސަލައަކާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ އަޒުހާންގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ރިޕޯޓުގެ ނަތީޖާ އަދި ލިބިފައި ނުވާކަމަށެވެ.
ނަމަވެސް މިހާތަނަށް ލިބިފައިވާ މައުލޫމާތަށްބަލާއިރު، އަޒުހާންގެ ހަށިގަނޑަށް އަނިޔާތަކެއް ދީފައިވާކަން ފާހަގަ ނުވާކަމަށެވެ. އަދި މިމަރާއި ގުޅިގެން ފުލުހުންގެ ތަހުގީގް މިހާރުވެސް ކުރިއަށްދާއިރު މިކަމުގައި ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަމަށެވެ. އަދި މިމައްސަލާގައި ތުހުމަތު ކުރެވޭ މީޙަކު އަދި ނެތްކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
އަޒްހާން ގެއްލިގެން ހޯދަމުން އަންނަތާ ދެހަފްތާ ފަހުން އޭނާގެ ހަށިގަނޑު ފެނުނީ ހުޅުމާލޭ ވޯޓާ ޕާކް ހަދާ ސަރަހައްދު ކައިރީ ގަސްތަކުގެ ތެރެއިންނެވެ. ހަށިގަނޑު ފެނުނުއިރު ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ހަލާކު ވެފައެވެ. އެހެންވެ އެއީ ކާކުކަން ދެނެގަންނަން ފުލުހުންނަށް ވެސް ދަތިވިއެވެ.
ކޮމެންޓު ފޮނުވާ