ފުޓްބޯޅަ އެކަޑަމީތަކުގެ ހަރަކާތްތައް ފަށަނީ

ފުޓްބޯޅަ އެކަޑަމީތަކުގެ ހަރަކާތްތައް ފަށަނީ

Author
އިބްރާހީމް ސާޢިދު
20 ނޮވެމްބަރ 2020 09:13
0

13 އަހަރުންމަތީގެ ކުދިންނާއެކު ފުޓުބޯޅަ އެކަޑަމީތަކުގެ މަސައްކަތް ފެށުމުގެ ހުއްދަދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެފްއޭއެމުން ބުނެފިއެވެ.

އެފްއޭއެމުން ގެނެސްދޭ "ލެޓްސް ޓޯކް" ފުޓުބޯޅަ ޝޯގައި ވާހަކަދައްކަވަމުން އެއިދާރާގެ ޓެކްނިކަލް ޑިރެކްޓަރ އަހުމަދު ޝަރީފު (ޑުންގާ) ބުނީ އެކަޑަމީތަކުގެ ހަރަކާތްތައް ފެށުމަށް އެޗްޕީއޭއިން ލުއިތަކެއް ދީފައިވާ ކަމަށާއި އެފްއޭއެމުގެ އިސްވެރިންނާއި ވާހަކަދެއްކުމަށްފަހު މިހާރު ގޮތްތަކެއް ނިންމާފައިވާ ކަމަށެވެ.

އެކަޑަމީތަކުގެ މަސައްކަތްތައް ފެށުމަށް މަސައްކަތްކުރަމުން އަންނައިރު އެންމެ ފުރަތަމަ މަސައްކަތް ފަށާނީ 13 އަހަރުންމަތީގެ ކުދިންނާއެކު އެކަޑަމީގެ ހަރަކާތްތައް ފެށުމަށެވެ. ޑުންގާ ބުނެފައިވަނީ އެކަޑަމީތަކުން ހުށައަޅާ ކަންކަން އެފްއޭއެމުގެ މެޑިކަލް ޓީމުން ބެލުމަށްފަހު އެއަށް ގެންނަންޖެހޭ ބަދަލުތަކެއް ގެނައުމަށްފަހު ޔޫތު މިނިސްޓްރީއާއި އެޗްޕީއޭއަށް ހުށައަޅާނެ ކަމަށެވެ. އަދި އެ އެކަޑަމީއަކަށް ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ދެވޭނީ އެޗްޕީއޭއާއި ޔޫތު މިނިސްޓްރީން އެ ގައިޑްލައިންތައް ބަލައިގަތުމުން ކަމަށްވެސް ޑުންގާ ވަނީ ބުނެފައެވެ.

އޭނާ ބުނީ 13 އަހަރުން މައްޗަށް ހުއްދަދޭން ނިންމި ނަމަވެސް ހާލަތު ބަދަލުވާ ގޮތަކުން އެއަށްވުރެ ދަށް އުމުރުފުރާތަކަށް ފަރިތަކުރުމުގެ ހުއްދަދޭނެ ކަމަށެވެ. މީގެކުރިން ރާއްޖެއާއި ބައިނަލްއަޤްވާމީ މުބާރާތްތަކުގައިވެސް ރާއްޖޭގެ އެކަޑަމީތައް ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.