ހުޅުމާލޭގައި މަރުވެފައި އޮއްވާ ފެނުނު ހ.ބޮނޑިކަނދޮޅުގޭ މުޙައްމަދު އަޒްހާންގެ މަރުގެ މައްސަލަ އިންސާފުވެރިކަމާއި ތަހުގީގުކުރުމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ގޮވާލައިފިއެވެ.
މިދިޔަމަހުގެ 18 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ ހ.ބޮނޑިކަނދޮޅުގޭ މުޙައްމަދު އަޒްހާންގެ ހަށިގަނޑު ފެނުނީ މިމަހުގެ 2 ވަނަ ދުވަހުގެ އިރުއޮއްސެން އުޅެނިކޮށް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ނިރޮޅުމަގުގައި ހުރި ވެޔޮތަކެއްގެ ތެރެއިންނެވެ. އަދި އެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވީ މިމަހުގެ 8 ވަނަ ދުވަހެވެ. ފުލުހުން ވިދާލުވީ ފެނުނީ އަޒްހާންގެ ހަށިގަނޑުކަމަށް ޔަޤީންވެފައިވާތީ އެކަން އާއިލާއަށް އަންގާފައިވާކަމަށެވެ.
އަޒުހާންގެ ހަށިގަނޑު ހޯދަމުން ދިޔަތާ 12 ދުވަސް ފަހުން ފެނުމާއި، އަދި ފެނުނިއިރު ހަށިގަނޑަކީ އަޒުހާންގެ ހަށިގަނޑުކަން ކަށަވަރު ނުވުމަކީ މިކަން އިންސާފުވެރި ކަމާއިއެކު ތަހުގީގް ކުރަންޖެހޭ ކަމެއްކަމަށް ޖޭޕީން ބުނެފައިވެއެވެ. މިމައްސަލާގައިވެސް އަދި އެހެން މައްސަލަތަކުގައިވެސް ދައުލަތުގެ ކަމާއި ގުޅުންހުރި މުއައްސަސާތަކުން މަސައްކަތް ތަކެއް ކުރަމުން ދިޔަ ނަމަވެސް، މިމަރާއި ގުޅިގެން ކުރާ ތަހުގީގް އަވަސްކޮށް، ހަގީގަތް އެގޭނެ ގޮތަކަށް ތަހުގީގް ކުރިއަށް ގެންދެވުމަށް ޖޭޕީން ވަނީ ގޮވާލާފައެވެ.
މުހައްމަދު އަޒުހާނުގެ މަރާއި ގުޅިގެން އާއިލަށް އޮނަރަބަލް ޤާސިމް އިބްރާހިމްގެ ނަންފުޅުގައި ޖޭޕީގެ ފަރާތުން ތައުޒިޔާ ކިޔައިފި.އަޒްހާން ވީނުވީއެއް ނޭނގި ގެއްލުމާއި އަދި 12ދުވަސްފަހުން މަރުވެފައި އޮތްވާ ފެނުނު މައްސަލަ އިންސާފުވެރިކަމާއި ތަހުގީގުކުރުމަށް ޖޭޕީން ގޮވާލާފައިވޭ. pic.twitter.com/keGmJgaUSg
— JP Secretariat (@JPSecretariat) October 13, 2022
އަޒްހާންގެ އާއިލާއިން ވަނީ އަޒްހާންގެ މައްޗަށް ކުރެވޭ ކަށުނަމާދު ހުކުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައި ބޭއްވުމަށް ނިންމާފައެވެ.
އަޒްހާންގެ މަރާއި ގުޅޭގޮތުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އޭނާ މަރާލާފައިވާކަމަށް ބެލެވޭ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް މިމައްސަލައިގެ ތަހްގީގަށް މިހާތަނަށް ލިބިފައިނުވާކަމަށެވެ.