އަސްކަރީ ދާރިރާއިން ގުޅުން ހަރުދަނާ ކުރުމާއި ގުޅޭގޮތުން އިނގިރޭސި ވިލާތާއިއެކު މަޝްވަރާކޮށްފިއެވެ.
އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރ ކާނަލް ޑޭވިޑްއޭސްމަން މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ވަނީ އަސްކަރީ ދާއިރާއިން ދެ ގައުމުގެ ދޭތެރޭގައި އޮންނަ ގާތް ގުޅުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އަދި ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހި ކުރުމާއި ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ.
މި ބައްދަލުކުރެއްވުން އޮތީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށީގައެވެ. މިބައްދަލުކުރެއްވުމުގައި އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރޮން ރޯސްލަރ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިބައްދަލު ކުރެއްވުމުގައި 1995 އިން ފެށިގެން އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން، މެދުކެނޑިފައި އޮތުމަށްފަހު މިހާރު އެގައުމުގެ ރޯޔަލްމެރިންސްއިން ދިވެހި އަސްކަރިއްޔާއަށް ދޭ ތަމްރީނާއި އަންނަ ޑިސެމްބަރު މަހު ބާއްވަން ނިންމާފައިވާ ޓޭވަލް ޓޮޕް އެކްސްސައިޒްއާ، އިނގިރޭސިވިލާތުން، ދިވެހި އަސްކަރިއްޔާއަށް ކުރިއަށް އޮތްތާގައި ފުރުސަތު ދެމުން އަންނާނެ ތަމްރީންތަކާ ގުޅޭ ގޮތުން ވެސް މިބައްދަލުކުރުމުގައި ވާހަކަ ދެކެވި، މަޝްވަރާކުރެވިފައިވެއެވެ.
މީގެއިތުރުން ދިފާއީ އަދި އަސްކަރީ ދާއިރާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މިދިޔަ ދެ އަހަރު ގެނެސްފައިވާ ހެޔޮ ބަދަލުތަކުގެ ތަފްސީލެއް މިނިސްޓަރު މާރިޔާ ވަނީ ހިއްސާކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ