ދިވެހިރާއްޖެވަނީ މީގެ ކުރިން ދެ ފަހަރައްގެމަތިން ކައުންސިލްގެ މެމްބަރުކަން ކޮށްފަ

ޔޫއެން ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑި ރާއްޖެއިން ކާމިޔާބު ކޮށްފި

ޔޫއެން ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑި ރާއްޖެއިން ކާމިޔާބު ކޮށްފި

ޔޫއެން ހިއުމަން ރައިޓްސް ކައުންސިލްގެ ކުރިޔަށް އޮތް ދައުރު (2023-2025)ގެ ގޮނޑި ރާއްޖެއިން ކާމިޔާބު ކޮށްފިއެވެ.

ރާއްޖެއިން މި ގޮޑި ކާމިޔާބު ކޮށްފައިވަނީ އޭޝިއާ ޕެސިފިކް ސަރަހައްދުން ވާދު ކުރިން 6 ގައުމުގެ ތެރެއިން އެކައުންސިލަށް އިންތިޚާބުކުރި 4 ގައުމުގެ ތެރެއިން ދެވަނައަށް އެންމެ ގިނައިން ވޯޓު ހޯދި ގައުމަކީ ރާއްޖެއެވެ.

ރާއްޖެ ހިމެނޭ އޭޝިއާ ޕެސިފިކް ސަރަހައްދުން ވާދަކުރި 6 ގައުމުގެ ތެރެއިން އެންމެ ގިނައިން ވޯޓު ހޯދާފައިވަނީ ބަންގްލަދޭޝްއިންނެވެ. ވޯޓުލީ 190 ގައުމުގެ ތެރެއިން އެގައުމަށް ލިބިފައިވަނީ 160 ވޯޓެވެ. ދެވަނައަށް އެންމެ ގިނައިން ވޯޓު ލިބުނީ ރާއްޖެއަށެވެ. މިގޮތުން ރާއްޖެއަށް ލިބިފައިވަނީ 154 ވޯޓެވެ. މި ގުރޫފުން ދެން އިންތިޚާބުވި ދެ ގައުމަކީ ވިއެޓްނާމްއާއި ކިރިގިސްތާންއެވެ. ވިއެޓްނާމަށް 145 ވޯޓު ލިބުނުއިރު ކިރިގިސްތާނަށް ލިބުނީ 126 ވޯޓެވެ. މި ސަރަހައްދުން ވާދަކުރި 6 ގައުމުގެ ތެރެއިން 5 ވަނައަށް އެންމެ ގިނަ ވޯޓު ހޯދި ސައުތު ކޮރެއާއަށް 123 ވޯޓު ލިބުނުއިރު އެންމެ ފުލަށް ދިޔަ އަފްއާނިސްތާނަށް ލިބިފައިވަނީ 12 ވޯޓެވެ. ބަހުރެއިން ނަން އަބުރާ ގެންގޮސްފައިވި ނަމަވެސް އެގައުމަށް 1 ވޯޓު ލިބިފައި ވެއެވެ.

މިއަދުގެ އިންތިޚާބުގައި، ކައުންސިލްގެ މެމްބަރު ގައުމުތަކުގެ ތެރެއިން މިއަހަރުގެ ޑިސެމްބަރުމަހުގެ ނިޔަލަށް ދައުރު ހަމަވާ 14 ގޮނޑިއަށް މެމްބަރުން އިންތިޚާބު ކޮށްފައި ވެއެވެ.

ޔޫއެން ހިއުމަންރައިޓްސް ކައުންސިލްގެ ކުރިޔަށް އޮތް ދައުރަށް އިންތިޚާބު ކުރި އޭޝިއާ ޕެސިފިކް ސަރަހައްދުގެ 4 ގޮނޑިއަށް ވާދަ ކޮށްފައިވަނީ، ރާއްޖޭގެ އިތުރުން، އަފްއާނިސްތާންއާއި ވިއެޓްނާމްއާއި ސައުތު ކޮރެއާއި، ކިރިގިސްތާންއާި ބަންގްލަދޭޝްއެވެ. މި ކައުންސިލަށް އޭޝިއާ ޕެސިފިކް ސަރަހައްދުން، އެންމެ ފުރަތަމަ ބަހުރެއިންއިން ވާދަ ކުރަމުން އައިނަމަވެސް، އެގައުމުން ވަނީ އެންމެ ފަހުވަގުތު ނަން އަބުރާ ގެންގޮސްފައެވެ. ބަހުރެއިންއިން ނަން އަބުރާ ގެންދިއުމުން، އެގައުމަށް ތާއީދުކުރި ގިނަ ގައުމުތަކެއްގެ ވޯޓު ވަނީ ރާއްޖެއަށް ލިބިގެން ގޮސްފައެވެ.

2015-2023 ގެ ޔޫއެން ހިއުމަން ރައިސްޓް ކައުސިލްގެ ގޮނޑިއަށް ރާއްޖެ އިންތިޚާބު ވެގެން ގޮސްފައިވާއިރު، މީގެ ކުރިންވެސް ދެ ފަހަރެއްގެމަތިން ރާއްޖެވަނީ މި ކައުންސިލްގެ މެމްބަރުކަން ކޮށްފައެވެ. އެއީ އެންމެ ފުރަތަމަ 2011 އިން 2013 އަށެވެ. ދެވަނަ ފަހަރަށް ރާއްޖެއިން މިކައުންސިލްގެ މެމްބަރުކަން ކޮށްފައިވަނީ 2014 އިން 2016 އަހަރަށެވެ.

އަދި 2013 ވަނަ އަހަރު ރާއްޖެވަނީ އޭޝިއާ ޕެސިފިކް ގުރޫޕުގެ ފަރާތުން މި ކައުންސިލް ނާއިބު ރައީސްކަންވެސް އަދާ ކޮށްފައެވެ.

ޔޫއެން ހިއުމަން ރައިޓްސްގެ ކައުންސިލްގެ ގޮނޑިއަށް ރާއްޖެ ވަރަށް ތަނަވަސް އައުލަބިއްޔަތަކުން އިންތިޚާބު ވެގެން ދިޔައިރު، ފޮރިންގ މިނިސްޓްރީންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ރާއްޖޭގެ މިޝަންތަކުން މި އިންތިޚާބު ކާމިޔާބު ކުރުމަށް ވަނީ ވަރަށް ވަރުގަދަ ކެމްޕޭނެއް ކޮށްފައެވެ.

ހިއުމަން ރައިޓްސް ކައުންސިލްގައި މިހާރު ތިބި މެމްބަރު ގައުމުތަކުގެ ތެރޭގައި ހިމެނެނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން ދެގައުމެވެ. އެއީ ކިއުބާ އާއި މާޝަލް އައިލޭންޑެވެ. މީގެ ތެރެއިން މާޝަލް އައިލޭންޑްގެ ދައުރު މިއަހަރުގެ ނިޔަލަށް ހަމަވެގެން ދާނެއެވެ.

އެހެންކަމުން ދިވެހިރާއްޖެ މި ކައުންސިލަށް އިންތިޚާބުވެގެން ދިއުން ވެގެން ދާނީ ކުދި ޖަޒީރާގެ ގައުމުތަކުގެ އަޑ،ު އިންސާނީ ޙައްގުތަކާއި ގުޅުންހުރި މައްސަލަތަކުގައި އުފުލަށް ލިބިގެންދިޔަ ފުރުސަތަކަށެވެ. އަދި އޭގެ އިތުރުން، އިންސާނީ ޙައްގުތައް ކުރިއަރުވާ، މިނިވަން މުވައްސަސާތައް ހަރުދަނާކޮށް، ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް މި ކާމިޔާބީގެ ސަބަބުން ރާއްޖެއަށް ވަރަށްބޮޑު އެހީތެރިކަމެއް ލިބިގެން ދާނެއެވެ.

ހަމަ އެއާއެކު މި ކާޔާބީ ފާހަގަވެގެން ދަނީ އިންސާނީ ހައްގުތައް ކުރިއަރުވާ ނެގެހެއްޓުމަށް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަކަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ދެން އަވަހަށް އެއްޖިންސުން ކުޅި ހިންގުން އާންމުކޮށް އިންސާނީ ހައްގެއްކަމަށް ހަދާ. އޭރުން ޔޫރަޕާއި އެމެރިކާ ސަނާކިޔާނެ. މަހުޝަރުގައި ކިތަންމެ އާދޭސްކިރިޔަސް ކަލޭމެނަށް ބައިއަތު ހިފާކަށް އެކަކުވެސް ނާނާނެ.

Leave a Reply

Your email address will not be published. Required fields are marked *