ގަވައިދާ ހިލާފަށް ހައްޖަށް އެހީތެރިން ގެންދިޔަ ވާހަކަ ދޮގުކޮށްފި

ގަވައިދާ ހިލާފަށް ހައްޖަށް އެހީތެރިން ގެންދިޔަ ވާހަކަ ދޮގުކޮށްފި

ގުޅުންހުރި

މި އަހަރުގެ ހައްޖުވެރިންގެ ސައޫދީއަށް ފުރުމުގެ ކުރިން ހަދަން ޖެހުނު ޕީސީއާރް ޓެސްޓް ހެއްދީ މެޑިފްލެކްސް ލެބޯޓަރީން ކަމަށާއި އެ ކުންފުންޏާ ހަވާލުކުރީ އައިޖީއެމްއެޗްގެ އަގުތައް ބޮޑު ވެގެން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެއެވެ.

ހައްޖަށް އެހީތެރިން ގެންދިއުމުގައި ނުފޫޒު ބޭނުން ކޮށްފައިވާ ކަމުގެ ތުހުމަތުތަކާއެކު އެ ކަން ސާފުކުރުމަށް މިނިސްޓަރާ ސުވާލުކުރުމަށް ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދެވެ.

ބޮންޑޭގެ ސުވާލަށް ލިޔުމުން ޖަވާބު ދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ ޙައްޖު އެހީތެރިން ހޮވާފައިވާނީ އާންމު އުސޫލުގެ ދަށުން އެކަމަށް އިއުލާނުކޮށް ކުރިމަތިލީ މީހުން އިންޓަވިއުކޮށްގެން އެންމެ މަތީ މާކްސްހޯދި މީހުނަށް އިސްކަން ދީގެން ކަމަށެވެ. އަދި އިސްލާމިކް މިނިސްޓްރީގެ އެދުމުގެ މަތީން އެހީތެރިންގެ ގޮތުގައި މިނިސްޓްރީގެ މުވައްޒަފަކު ވެސް ބައިވެރިވެފައިވާކަން މިނިސްޓަ ފާހަގަކުރެއްވިއެވެ.

މިއަދުގެ ޖަލްސާގައި މެންބަރު ރަޝީދު ވަނީ ސަރުކާރުން ހޮސްޕިޓަލުތަކުގެ ބަދަލުގައި ހައްޖު ކޯޕަރޭޝަނުން އެއްވެސް އަމިއްލަ ކްލިނިކަކަށް ފައިސާ ދައްކައިގެން ހައްޖަށް ގެންދިޔަ މީހުން ކޮވިޑަށް ޓެސްޓު ކޮށްފައިވޭތޯ ވެސް ސުވާލުކުރައްވާފައެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ އެކަމަށް އިއުލާނު ކުރުމުން އެންމެ ހެޔޮ އަގެއް ހުށަހަޅާފައިވާނީ މެޑިފްލެކްސް ލެބޯރޭޓަރީން ކަމަށާއި އެ ހިދުމަތް ހަވާލުކުރީ އެ ފަރާތާ ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރުގެ ޖަވާބުގައި ވަނީ އައިޖީއެމްއެޗުން އެ ހިދުމަތް އެ ހައްޖު ކޯޕަރޭޝަނަށް ފޯރުކޮށްދެމުން ދިޔައީ ބޮލަކަށް 700 ރުފިޔާއަށް ކަމަށް ވެސް ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ