"އޫޗާއީ" ގެ އައު ޕޯސްޓަރެއް

"އޫޗާއީ" ގެ އައު ޕޯސްޓަރެއް

Author
ފާތިމަތު ނާވީ
14 އޮކްޓޯބަރ 2022 06:11
0

އަންނަ މަހު 11 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ އަމީތާބް ބައްޗަންގެ އައު ފިލްމު "އޫޗާއީ" ގެ އައު ޕޯސްޓަރެއް ދައްކާލައިފިއެވެ.

ފިލްމްގެ ލީޑް އެއް ތަރި ކަމަށްވާ ބޮލީވުޑްގެ ލެޖެންޑް އަމީތާބް ބައްޗަން ވަނީ އޭނާގެ އިންސްޓަގްރާމްގައި ފިލްމުގެ އިތުރު ޕޯސްޓަރެއް ހިއްސާ ކޮށްފައެވެ. މި ފިލްމް ގައި އަމިތާބްގެ އިތުރުން ދެން ފެނިގެންދަނީ އަނޫޕަމް ކޭރް އަދި ބޮމަން އިރާނީއެވެ.

"އޫޗާއީ" އަކީ ވެސް ފެމެލީ ޑްރާމާއެކެވެ. ފިލްމުގެ މައިގަނޑު ތަރިންނަކީ އުމުރުން ދުވަސްވީ ފިރިހެން އެކްޓަރުންނެވެ. މީގެ އިތުރުން މި ފިލްމުގައި ޑެނީ ޑެންޒޯންގްޕާ، ނީނާ ގުޕްތާ، ސާރިކާ، ނަފީސާ އަލީ އަދި ޕަރީނިތީ ޗޯޕްޅާވެސް ހިމެނެއެވެ.

 

View this post on Instagram

 

A post shared by Amitabh Bachchan (@amitabhbachchan)

"އޫޗާއީ" އަކީ މިއަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ. މި ފިލްމުގެ ޑައިރެކްޓަރ ސޫރަޖް ބަރްޖާތިޔާ އެންމެ ފަހުން ގެނެސް ދިން ފިލްމަކީ ސަލްމާން ޚާނާއި ސޯނަމް ކަޕޫރު ލީޑުން ފެނިގެން ދިއަ 2015 ގެ ފިލްމު "ޕްރޭމް ރަތަން ދަން ޕާޔޯ" އެވެ.

އިންޑިއާ އާއި ނޭޕާލްގައި މަންޒަރުތައް ނެގި ފިލްމުގެ ޝޫޓިން ނިންމައި އަންނަ މަހު ސިނަމާތަކުގައި އަޅުވަން ތައްޔާރަށް އޮތް މި ފިލްމް ގައި ކިޔައިދޭނީ އުމުރުން ދުވަސްވީ އެކުވެރިންތަކެއްގެ ވާހަކައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.