އައްޑޫގައި އެކްސިޑެންޓުވި މީހާ ނިޔާވެއްޖެ

އައްޑޫގައި އެކްސިޑެންޓުވި މީހާ ނިޔާވެއްޖެ

Author
މުޙައްމަދު ޖިމީ
06 އޮކްޓޯބަރ 2022 09:10
0

މިމަހުގެ 2ވަނަ ދުވަހު އައްޑޫ ސިޓީ ލިންކު ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް ޒަޚަމްވި މީހާ ނިޔާވެއްޖެއެވެ.

މަރުވެފައިވަނީ ސ. ހިތަދޫ ދުންނިކަގެ، އިބްރާހިމް ހުސައިން (62 އ) އެވެ. މި އެކްސިޑެންޓުގައި އޭނާގެ ބޮލާއި މޫނު މަތީގެ ބައެއް ގުނަވަންތަކަށް ބޮޑެތި އަނިޔާތަކެއް ވަނީ ވެފައެވެ. އޭނާ ނިޔާވީ ކްއިޓޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ރޭ 12:29 ހާއިރުއެވެ.

އޭނާގެ އިތުރުން އިތުރު 3 މީހަކަށްވެސް އަނިޔާވެފައިވެއެވެ. ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާތައް އެހާ ސީރިއަސްއެއް ނޫނެވެ.

އައްޑޫ ލިންކް ރޯޑަކީ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ ތަނެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.